ލިޔުނީ: އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ޙަޔާތުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި ޙަޔާތުގެ ކަންކަން އިންތިޒާމުކޮށް ތަރުތީބު ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެހެނީ އިންތިޒާމުކުރުމަކީ ކަންކަން ކުރާ ހިތްވުމަށް އެޅޭ ވަރަށްބޮޑު ބާރެކެވެ. ތާވަލުކުރުމަކީ ކަންކަން ފަސޭހަކަމާއެކު ކުރުމަށް މަގުފަހިކުރާ ކަމެކެވެ.
ޢަދަދުގެ ގޮތުން ގިނަ އެއްޗެހި ތަކެއް ހުރިނަމަ އެ އެއްޗިހިތައް ކޮންމެވެސް ތަރުތީބަކުން އަތުރާލާފައި ހުރުމުން ފަހުން ހޯދާލަން ވަރަށް ފަސޭހަވާނެއެވެ. ވަރަށް ގިނަ ވަޤުތު ސަލާމަތްކުރެވޭނެއެވެ. ވަޤުތަކީވެސް ވަރަށް މުހިއްމު އެއްޗެކެވެ.
މާތް ﷲ މިދުނިޔޭގައި އެއްވެސްކަމެއް އިންތިޒާމަކާ ނުލައި ލައްވާފައިނުވެއެވެ. މިކަމުންވެސް ވިސްނާމީހަކަށް ފިލާވަޅެއް ލިބޭނެއެވެ. ކާއިނާތުގައި ދައުރުކުރާ ޕްލެނެޓްތައްވެސް ދައުރުކުރަމުންދަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ ދަށުންނެވެ. ކުދިކުދި ފަނިފަކުސައަށް ދާންދެން ޙަޔާތުގައި އިންތިޒާމްކުރުން ހިމެނެއެވެ.
އެހެންކަމުން، އިންތިޒާމުކޮށް ތަރުތީބު ކުރުމަކީ އިންސާނުންނަށް ކޮންމެހެން ކުރަންޖެހޭކަމެކެވެ. އިންސާނުން އެމީހުން ހެއްދިވި ފަރާތައް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުންވެސް ލައްވަވާފައިވަނީ ހާދަ ފުރިހަމަ އިންތިޒާމެއްގެ ދަށުންނެވެ. ދީނުގެ ފަސްރުކުނެވެ. ދުވާލުގެ ފަސްވަޤުތުގައި އަދާކުރާ ފަސްނަމާދެވެ. މުދަލުން ދޭންޖެހޭ ވަކި މިންވަރެކެވެ. ވަކި މައްސަރެއްގައި ވަކި ޚާއްޞަ ގޮތަކަށް ހިފާ ރޯދައެވެ. ކަޢުބާ ޤަޞްދުކޮށްގެން ކުރާ އާދަޔާ ޚިލާފު ދަތުރެކެވެ.
ޙަޔާތް އިންތިޒާމުކޮށްލެވިދާނެ އެންމެ ފަސޭހަ އަދި އެންމެ މޭވާލިބެނިވި ގޮތަކީ ޙަޔާތުގެ ޒިންމާތައް ތާވަލުކޮށްލުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...