ދުނިޔެ ތޫނިސްގެ ރައީސް ކޯމާގައި

ތޫނިސްގެ ރައީސް ކޯމާގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

މިދިޔަ ޖެނުއަރީ މަހު 14ވަނަ ދުވަހު ވެރިކަމުން ދުރުކުރި ޓިޔުނީޝިޔާގެ ރައީސް ޒައިނުލް އާބިދީން މިހާރު އޮންނެވީ ކޯމާއެއްގައިކަމަށް ޚަބަރުލިބެމެން އެބަދެއެވެ. ފަރަންސޭސިވިލާތުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި ރައީސް ޒައިނުލް އާބިދީން ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވަނީ ސްޓްރޯކެއް ޖެހެމުންނެވެ. އަދި ހާލުކޮޅު ވަރަށް ސީރިއަސް ކަމަށް ޚަބަރަތައް ލިބެއެވެ.

އުމުރުފުޅުން 74 އަހަރުފުޅުގެ ޒައިނުލް އާބިދީން،  ވެރިކަމުން ދުރުކުރުމުގެ ކުރިންވެސް ސިއްޚީ ހާލަތު ރަނގަޅުނޫންކަމަށް މައުލޫމާތުލިބެއެވެ. އެބޭފުޅާ މި  މިވަގުތު އޮންނެވީ ސައުދީގެ ހޮސްޕިޓަލެއްގައެވެ.

ރައީސް ޒައިނުލް އާބިދީންގެ ވެރިކަން ނިމުމަކަށް ގެނެއުމަށް  އެ ޤައުމުގެ ރައްޔިތުންވީ ޤުރުބާނީން ހިތްވަރުލިބި މިހާރުވަނީ މިސްރުގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަންވެސް ނިމުމަކަށް ގެނެސްއެވެ. އަދި މީގެ އިތުރުން މެދުއިރުމައްޗާއި އުތުރު އެފްރިކާގައި އަދިވެސް އިތުރު މުޒާހަރާތައް މިހާރުވެސް ދަނީ ކުރިޔަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.