ދުނިޔެ ދީންތަކުގެ ޝިއާރުތަކަށް ފުރައްސާރަކަރުން އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ފުރާންސްގެ މުސްލިމުންގެ ލީޑަރު ގޮވާލައްވައިފި

ދީންތަކުގެ ޝިއާރުތަކަށް ފުރައްސާރަކަރުން އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ފުރާންސްގެ މުސްލިމުންގެ ލީޑަރު ގޮވާލައްވައިފި

ދީންތަކުގެ ޝިއާރުތަކަށް ފުރައްސާރަކަރުން އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ފުރާންސްގެ މުސްލިމުންގެ ލީޑަރު ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީންތަކުގެ ޝިއާރުތަކަށް ފުރައްސާރަކުރުންއެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ފުރާންސްގެ އިސްލާމީ އިއްތިހާދުގެ ޖަމްޢިއްޔާ ނުވަތަ ޔޫނިއަން އޮފް އިސްލާމިކް އޮގަނައިޒޭޝަން އޮފް ފުރާންސް (ޔޫއޯއައިއޯ)ގެ ރައީސް ޢަބްދުލްކަބާއިރު ޚައްޠާބީ ގޮވާލައްވައިފިއެވެ.

ތުރުކީގެ އަނަޑަލޫ އެޖެންސީއަށް ދިން ޚާއްޞަ ބަސްތީގަތުމެއްގައި ޚައްޠާބީ ވިދަޅުވީ ފުރާންސްގެ ސަރުކާރުން މުސްލިމުންނާއި މެދު ގެންގުޅޭ ތަފާތުކުރުން ނައްތާލަން ޖެހޭ ކަމަށާއި އަދި މުސްލިމުންނާއި ދެކޮޅަށް ހިންގާ ޙަރަކާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭކަމަށެވެ.

"އެއްވެސް ރަސޫލަކަށް އަދި ނަބިއްޔަކަށް ފުރައްސާރަ ކުރެވޭ ފަދަ ޢަމަލެއް ހިންގިގެން ނުވާނެ ފުރާންސްގެ ޤާނޫނުތަކުން އެކަން މަނާ ކުރަންޖެހެނެ" ޚައްޠާބީ ވިދާޅުވިއެވެ.

ޚައްޠާބީ ވިދާޅުވީ ޗާލީ ހެބްޑޯ ނޫހުން އެނޫހުގެ އެންމެފަހުން ނެރުނު ނަންބަރު ނެރުނީ އިތުރަށް މުސްލިމުން ރުޅިއަރުވުމުގެ ބޭނުމުގައިކަމަށާއި އެނޫހުން އެހިންގަނީ ބޮޑުވެގްންވާ ޖިނާއީ ކުށެއްކަމަށެވެ.

ފުރާންސްގައި އެކުލަވާލެވިފައިވާ ޤާނޫނުތަކުގެތެރެއިންނާ ޑިމޮކުރެޓިކް ހަމަތަކުގެ މަތިން ޗާލީހެބްޑޯ ނޫހުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ފުރާންސްގެ މުސްލިމުން މަސައްކަތް ކުރަންޖޭކަމަށް ޚައްޠާބީ ވިދާލުވިއެވެ.

"އިސްލާމް ދީނަކީ ތަހައްމަލް ކުރެވޭ އަދި އަމާންކަމުގެ މެސެޖު ފޯރުކޮށްދޭ ދީނެއް"

ޚައްޠާބީ ވިދާޅުވީ ޗާލީހެބްޑޯ ނޫހަށް ދެވުނު "ނިރުބަވެރިކަމުގެ ޙަމަލާ" އަށްފަހު ފުރާންސްގެ މުސްލިމުންނަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިކުރުވަމުންދާ ކަމަށެވެ. އެހެންކަމުން މިކަންކަމަށް ފުރާންސްގެ ސަރުކާރުން ސަމާލުކަން ދިނުމަށް ގޮވާލައްވާކަމަށެވެ.

ޗާލީހެބްޑޯ ނޫހަކީ ފުރަންސްގެ ކުރީގެ ރައީސް ނިކޮލަސް ސަރުކޯޒީ ފުރާންސްގެ ރައީސްކަމުގެ މަޤާމުގައި ހުންނަވަނިކޮށް ސަރުކޯޒީގެ ފިރިހެންބޭފުޅަކަށް ފާޑުކިޔާފައި ރިޕޯޓެއް ޝާއިއުކުރި ނޫހެކެވެ. އެއާއެކު އެނޫހުގައި އެރިޕޯޓު ޝާއިއު ކުރި ނޫސްވެރިޔާއަށް މާފަށް އެދެން އަންގާފައިވެއެވެ. ނމަވެސް އޭނާ މާފަށް ނޭދޭނެކަމަށް ބުނުމުން އެނޫހުން ވަނީ އެނޫސްވެރިޔާ ވަޒީފާއިން ވަކިކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.