އިންޑޮނޭޝިއާ އިން ފުރައިގެން ސިންގަޕޯރ އަށް ދަތުރުކުރަމުން ދަނިކޮށް އެއަރ ޓްރެފިކް ކޮންޓްރޯލަރ ގުޅުން ކެނޑިފައިވާ QZ8501 ފްލައިޓް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
162 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ފްލައިޓާއި ގުޅުން ކެނޑިފައިވަނީ މިއަދު ހެނދުނު 6:20 ހާ އިރުއެވެ. ވިލާތަކުން ސަލާމަތް ކުރުމުގެ ގޮތުން ފުލައިޓް ދުއްވަމުންދިޔަ އުސްމިނަށް ބަދަލު ގެނައުމަށް ޕައިލެޓް އެދިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާތަނަށް ބޯޓުގެ އެއްވެސް ބައެއް ފެނިފައި ނުވާއިރު ބޯޓު ހޯދުމުގެ މަސައްކަތް ކަނޑު މަގުންނާއި ވައިގެ މަގުން ކުރިއަށް ދާއިރު ބޯޓުން ދަތުރުކުރި މީހުންގެ އާއިލާ ތަކުން ތިބީ ހިތާމަޔާ މޮޅިވެރިކަމުގެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...