ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިވުމަށް 8.4 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އ.ދ އިން ބުނެފިއެވެ.
އ،ދ އިން ހާމަކުރާ ގޮތުގައި މިފައިސާއަކީ ހާލުގައި ޖެހިފައިވާ 18 މިލިއަން މީހުންނަށް، މީހާރުން މިހާރަށްވެސް ބޭނުންވަ އެހީތެރިކަން ފޯރުކޮށްދިނުމާއި ދާއިމީ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާނެ ފައިސާއެވެ.
އ.ދ އިން އިތުރަށް ހާމަކުރާ ގޮތުގައި މިއަދަދުގެ ތެރެއިން 2.9 ބިލިއަން ޑޮލަރަކީ ސޫރިޔާގެ ތެރޭގައި މިހާރުވެސް ހާލުގައި ޖެހިފައިވާ 12.2 މިލިއަން އެގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ބޭނުންވާނެ ފައިސާ ކަމަށާއި ބާކީ 5.5 ބިލިއަން ޑޮލަރަކީ ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކުގައި ދިރިއުޅެމުންދާ ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ކަމަށެވެ.
އ.ދ އިން މިފަދައިން ބުނފައިވާއިރު ޔުނިސެފްއިންވެސްވަނީ ސޫރިޔާގެ ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީވުމަށް 900 މިލިއަން ޑޮލަރު ބޭނުންވާކަން ހާމަކޮށްފައެވެ.
އ.ދ ގެ ކާނާއާއި ބެހޭ ޕޮރޮގްރާއިމް ފައިސާ ހުސްވުމުގެ ސަބަބުން މިޑިސެމްބަރ މަހު ފެށުނުއިރު ރެފިއުޖީންނަށް ކާނާ ފޯރުކޮށްދިނުންވެސް މަޑުޖެހުމަކަށް އައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...