ރާއްޖޭގެ ޚަބަރު ގދ ތިނަދޫގައި ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި

ގދ ތިނަދޫގައި ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި

ގދ ތިނަދޫގައި ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގދ ތިނަދޫގައި ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުސް އޮފީހުން ވިދާޅުވީ، ކުށްމަދު އަމާން މުޖުތަމަޢުއެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ތިނަދޫ ގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނަކީ އެރަށު ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އެރަށުގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ތިނަދޫއަކީ ކުށްމަދު އަމާން މުޖުތަމަޢުއެއް ޤާއިމްވެފައިވާ ރަށަކަށް ހެދުމަށާއި ތިނަދޫގެ މަގުތަކަކީ އެންމެނަށް ރައްކާތެރިތަނަކަށް ހެދުމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޓްރެފިކް އޮޕަރޭޝަނެއް ހިންގާފައިވާއިރު މަގުމަތީގައި ގްރޫޕް ހަދައިގެން ތިބި ފަރާތްތައް އެތަންތަނުން ފޮނުވާލައި ނަސޭހަތްތެރިވެފައިވެއެވެ.

ތިނަދޫގައި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މަގުމަތީގައި ގްރޫޕް ހަދައިގެން ތިބި 11 ފަރާތެއް ހުއްޓުވައި ބަލައިފާސްކޮށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ތިނަދޫގައި ޖިނާޢީ ކުށްތަކަށް މަގުފަހިވާގޮތަށް ހުރި ތަންތަން 64 ވުރެ ގިނަ ފަހަރު ބަލައިފާސްކޮށްފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގި ޓްރެފިކް އޮޕަރޭޝަ ނުގައި ރަށުގެ އެކި ސަރަޙައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ޤާއިމްކޮށް ތިނަދޫގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ތެރެއިން 34 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވި 17 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

ތިނަދޫގައި ފުލުހުން ހިންގި މި އޮޕަރޭޝަނަކީ މިއަހަރުގެ ފުލުހުންގެ ބިޒްނަސް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރެއިން ކުށްކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކުށްމަދު ކުރުމާއި ރަމަތަ ނުވުމާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.