ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެންފިއެވެ.
ރައީސް ޔާމީން އެނބުރި މާލެ ވަޑައިގެންފައި މިވަނީ އެމަނިކުފާނުގެ ސިއްޙީ ޙާލުކޮޅު ވަރަށް ގޯސް ކަމަށާއި، ސިންގަޕޫރުގެ ހަސްފަތާލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.
އެހެން ނަމަވެސް ރައީސް އޮފީހުން ވިދާޅުވީ ރައީސް ޔާމީންގެ ޙާލުކޮޅު ރަނގަޅު ކަމަށެވެ.
ރައީސް ޔާޟީން ސިންގަޕޫރަށް މިފަހަރުވެސް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ.
ވެރިކަމާއި ޙަވާލުވެ ވަޑައިގަތުމަށްފަހު ރައީސް ޔާމީން ވަނީ އެތައް ފަހަރަކު ނުރަސްމީ އަދި ރަސްމީ ދަތުރުފުޅު ތަކުގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...