ޖަލުމީހުން އިސްލާޙު ކުރުމަށް އަންނަ މަހު ރިހެބިލިޓޭޝަން ޖަލެއް ހުޅުވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
މާފުޑީ ޖަލުގައި 1.4 ކިލޯމީޓަރުގެ ދިގު 20 ފޫޓުގެ ކޮންކްރީޓް ފާރެއް ލުމުގެ މަސައްކަތް ފައްޓަވައި ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ޖަލުގައި ތިބޭ ގައިދީންނަކީ ފަރުޥާ ދެވެންޖެހޭ ބައެއްކަމަށާއި، އަންނަ މަހު އެކަމަށް ހާއްސަކޮށްގެން ރިހިބިލިޓޭޝަން ޖަލެއް ހުޅުވޭނެކަމަށެވެ.
ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ޖަލުގެ ސަލާމަތީ ކަންތައް ވަރުގަދަކުރުމުގެ ގޮތުން ހައި ސެކިއުރިޓީ ސާމާނު ހޯދައި، އަންނަ އަހަރުން ފެށިގެން ޖަލަށް މަސްތުވާތަކެތި ހުއްޓުވުމުގެ ގޮތުން މާފުށީ ޖަލުގައި ކުއްތާ ބޭނުންކުރަން ފަށާނެކަމަށެވެ.
މީގެ އިތުރުން ޖަލު ބެލެހެއްޓުމުގެ ނިޒާމު އޮޓޮމެޓިކް ސިސްޓަމަށް ބަދަލު ކުރައްވާނެ ކަމަށާއި، މި ނިޒާމަށް ބަދަލުވެގެން ދިއުމުން ޖަލުގެ މުވައްޒަފުންގެ ދަތިކަމަށް ހައްލު ލިބި ޖަލުން ގައިދީން ފިލާ މިންވަރު މަދުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...