ވާހަކަ

މަލާއިކަތުން އެބޭކަލަކު ހިނެވި ޞަޙާބީގެ ވާހަކަ

އުޙުދު ހަނގުރާމަ ނިމުމާއެކު، ލަޝްކަރާއި ޝަހީދުންގެ ޙާލަތު ބައްލަވާލެއްވުމަށް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ނުކުމެވެޑައިގަތެވެ. އެހިނދު އެކަލޭގެފާނަށް ފެނިވަޑައިގަތީ މުސްލިމުންގެ އެތައް މަތިވެރި ޞަޙާބީންތަކެއް ޝަހީދުވެފައި ވީތަނެވެ. އޭގެތެރޭގައި އެކަލޭގެފާނުގެ ބޮޑުބޭބެ ޙަމްޒަތުގެފާނާއި، މުޞްޢަބް ބުނު ޢުމައިރާއި ސަޢްދު ބުނުއް ރަބީޢާއި ޙަންޡަލާ ބިން އަބީ ޢާމިރް ފަދަ ބޭބޭކަލުން ހިމެނެއެވެ. އަޅުގަނޑުމެންގެ މިއަދުގެ ވާހަކަ ބިނާވަނީ މީގެތެރެއިން ޙަންޡަލާ ރަޟިޔައްﷲ ޢަންހުގެ މައްޗަށެވެ.

 

"ކިތާބުލް އިޞާބާ ފީ ތަމައްޔުޒުއް ޞަޙާބާ" ގައި އިބްނު ޙަޖަރު އަލް އަސްޤަލާނީ ވިދާޅުވެފައިވެއެވެ. "ޙަންޡަލާ ބިން ޞަފިއްޔު ބިން މާލިކް ބިން އުމައްޔާ ބިން ޟަބީޢާ ބިން ޒައިދް ބިން ޢަވްފް ބިން ޢަމްރު ބިން މާލިކް ބިން އަޥްސް އަލްއަންޞާރީ އަލް އަޥްސީ އަކީ މަލާއިކަތުން ހިނެވި ފަރާތުގެ ނަމުން މަޝްހޫރުވެފައިވާ ޞަޙާބީއެކެވެ. މިލަޤަބު އެކަލޭގެފާނަށް ލިބިވަޑައިގަތްގޮތް ދެނެގަތުމަށްޓަކާ ވާހަކާއިގެން ކުރިއަށްދަމާތޯއެވެ.

 

ޙަންޡަލާ ރަޟިޔައްﷲ ޢަންހު ކައިވެނިކުރެއްވީ އުޙުދު ހަނގުރާމަ ކުރިދުވަހުގެ ވިލޭރޭގައެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ މުނާފިޤުންގެ ވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޢަބްދުﷲ ބުނު އުބައްޔު ބުނު ސަލޫލުގެ ދަރިކަނބަލުން ޖަމީލާއެވެ. އެދުވަހުގެ ފަތިސްނަމާދަށްފަހު ޙަންޡަލާ ރަޟިޔައްﷲ ޢަންހު އަނބިމީހާ ގާތަށް ގެއަށް ވަޑައިގަތެވެ. ހަނގުރާމައަށް ފުރުމުގެ ކުރިން ލަޝްކަރު ތައްޔާރުކުރުމުގެ މަސައްކަތަށް ނައިސް އަލަތު އަނބިމީހާޔާއެކު ވަޤުތު ހޭދަކުރެއްވުމަށް ޙަންޡަލާ ރަޟިޔައްﷲ ޢަންހަށް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ވަނީ އިޛުނަ ދެއްވާފައެވެ. އެވަގުތުކޮޅުގައި ޙަންޡަލާ ރަޟިޔައްﷲ ޢަންހު އަނބިމީހާޔާއެކު އެއްދާންކުރެއްވިއެވެ. އަދި ހަނގުރާމައަށް ފުރުމަށް ލަޝްކަރާހަމައަށް ވަޑައިގެންނެވިއިރު އެކަލޭގެފާނު ހުންނެވީ ޖިމާޢުގެ ސަބަބުން ޖުނުބުގެ ޙާލަތުގައެވެ. އެކަލޭގެފާނަށް ހިނައިގަންނާނެ ވަޤުތެއް ނުލިބުނެވެ.

 

ކޮންމެއަކަސް އުޙުދުގެ މައިދާނުގައި ދެ ލަޝްކަރު ބައްދަލުވެއްޖެއެވެ. ޙަންޡަލާ ރަޟިޔައްﷲ ޢަންހު ހިމެނެނީ ފައިމަގުގައި ހަނގުރާމަކުރާ ހަނގުރާމަވެރިންގެ ތެރޭގައެވެ. ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރައްވަނިކޮށް ދުޝްމަނުންގެ މީހެއް އެއްލި ލޮންސި އެއް ޙަންޡަލާ ރަޟިޔައްﷲ ޢަންހުގެ ގަޔަށް ހެރުނެވެ. ހަށިކޮޅަށް ހެރުނު މިހަމަލާއާއެކުވެސް އެކަލޭގެފާނު އިތުރަށް ހަނގުރާމަކުރުން މަތީ ދެމިހުންނެވިއެވެ. އެއްވެސް ޙާލެއްގައި ހަށިކޮޅުގެ ދިފާޢަކުއެއްނޫނެވެ. މި މަތިވެރި ދީނުގެ ދިފާއުގައެވެ. ޒަޙަމްވެފައިވާ ޙާލު ހަނގުރާމަ ކުރައްވަނިކޮށް ދުޝްމަނުންގެ ހަމަލާތަކުގައި އެކަލޭގެފާނު ރަޟިޔައްﷲ ޢަންހު ޝަހީދުވިއެވެ. ޝަހީދުވީއިރު އެކަލޭގެފާނު ހުންނެވީ ޖުނުބުގެ ޙާލަތުގައެވެ.

 

ހަނގުރާމަ ނިމުނުފަހުން ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ލަޝްކަރުގެ ޙާލަތު ބައްލަވާލަން ނުކުމެވަޑައިގަތް ހިނދު ވަރަށް އާދަޔާ ޚިލާފު ކަމެއް ވެނިވަޑައިގަތެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ ސުވަރުގޭގެ ފެން ބޭނުންކުރައްވައިގެން މަލާއިކަތުންތަކެއް ޙަންޡަލާ ރަޟިޔައްﷲ ޢަންހު ހިނަވާތަނެވެ. އިސްލާމްދީނުގެ ދިފާޢުގައި ޝަހީދުވެދިޔަ މިމަތިވެރި ޞަޙާބީއަށް އެހިސާބުން "ޣަސީލުލް މަލާއިކާ" (މަލާއިކަތުން ހިނެވި ޞަޙާބީ)ގެ ލަޤަބުދެވުނެވެ.

ގުޅުންހުރި

3 ޚިޔާލު

  1. Alhamdulillah Ya ALLAH
    Maasha ALLAH reethi JazakALLAH khayr

  2. Hamzathuge faanakee rasoolaa bodubeybe eh
    Bodubeybe ehgge dharieh noon.

  3. Varah iburaitheri haadhisaaeh. Ilmee liyunthah ginaginain liyumuge heyo thaufeeq Allaah, thiya liyuntheryaa dhevvaashi.

Your email address will not be published. Required fields are marked *

More in ވާހަކަ