ރާއްޖޭގެ ޚަބަރު 7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގެ ޤާނޫނު އުވާލައިފި

7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގެ ޤާނޫނު އުވާލައިފި

7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގެ ޤާނޫނު އުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގެ ޤާނޫނު އުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، 7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގެ ޤާނޫނު އުވުނީ، މި އޮކްޓޫބަރު މަހުގެ 21 ވި އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާއިން ފާސްކުރެއްވި "ޤާނޫނު ނަންބަރު 78/5 (7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރު ކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤާނޫނު) އުވާލުމުގެ ބިލު"، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ އިއްޔެ ތަޞްދީޤް ކުރެއްވުމާއި ގުޅިގެން ކަމަށެވެ.

‏މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.