ދުނިޔެ އައިއެސްއިން ސިހުރު ހެދި މީހެއްގެ ބޯކަނޑައިފި

އައިއެސްއިން ސިހުރު ހެދި މީހެއްގެ ބޯކަނޑައިފި

އައިއެސްއިން ސިހުރު ހެދި މީހެއްގެ ބޯކަނޑައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ސްޓޭޓްއިން(އައިއެސް) އިން ސިހުރު ހެދިކަމަށް ސާބިތުވި މީހެއްގެ ބޯ އާއްމުންނަށް ފެންނަގޮތަށް ކަނޑައިފިއެވެ.

އައިއެސްގެ ބާރުގެ ދަށުގައިވާ ތިކްރީތްގައި އިރާޤުގެ ރައްޔިތަކު ސިހުރު ހަދައިގެން ބޯކަނޑާފައިވާކަމަށް އެޖަމާއަތުންނާއި އެސަރަހައްދުގައި ދިރިއުޅޭ މީހުންވެސްވަނީ ބުނެފައެވެ.

މަންޒަރުދުށް ބައެއްމީހުން އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ސިހުރު ހަދައިގެން ބޯކަނޑާލި މީހަކީ ވަރަށް ފަހުން އިރާޤުގެ ސަރުކާރާއި ގުޅުނު ސުންނީ ރައްޔިތެކެވެ. ނަމަވެސް އޭނާއަކީ ސޫފީ ލީޑަރެއް ކަމަށް ބައެއް ދީނީ ފަރާތްތަކުންވަނީ ބުނެފައެވެ.

މިހަފްތާގެ ހޯމަ ދުވަހު 13 މީހަކު އައިއެސްއިން ބޯކަނޑާފައިވާއިރު، އައިއެސްގެ ހަނގުރާމަވެރިންނާއި ކައިވެނި ކުރުމަށް ދެކޮޅުހެދުމުގެ ސަބަބުން ބުދަ ދުވަހު 150 އަންހެނަކުގެވެސް ބޯކަނޑާފައިވާކަމަށް އަލް އަޚްބާރު އިން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.