އަރަބި ބަހާރާއެކު 2011 ވަނަ އަހަރު ސޫރިޔާގައި ފެށުނު ހަނގުރާމައިގައި މިހާތަނަށް ސޫރިޔާގެ ރައީސް ބައްޝާރު އަސަދުގެ ހަނގުރާމަވެރިންގެ ތެރެއިން 120،000 މީހުން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަރވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ހާމަކޮށްފިއެވެ.
އެޖަމާއަތުން ހާމަކޮށްފައިވާ ގޮތުގައި ބައްޝާރު އަސަދު ތިންވަނަ ދައުރަކަށް ހޮވިވަޑައިގެން ރިޔާސީ ބަޔާން ދެއްވިތާ ފަސްމަސް ދުވަސްތެރޭގައި ސަރުކާރުގެ ސެކިއުރިޓީ އޮފިސަރުންނާއި ބައްޝާރުގެ ލަޝްކަރާއި ގުޅިފައިވާ އެހެނިހެން ހަނގުރާމަވެރިންގެ ތެރެއިން 11،000 މީހުން، އިދިކޮޅު ހަނގުރާމަވެރިން މަރަލާފައިވާ ކަމަށެވެ. ބައްޝާރު ރައީސްކަމުގެ ތިންވަނަ ދައުރަކަށް ހޮވިފައިވަނި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ސުރިޔާގައި ހަމަނުޖެހުންތައް ހިނގަންފެށިފަހުން މިހާތަނަށް 200،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަރވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެއެވެ. އަދި އެތައް މިލިއަން ސޫރިޔާ ރައްޔިތުންނެއްވަނީ ހަނގުރާމައިގެ ސަބަބުން ޤައުމު ދޫކޮށް ގޮސްފައެވެ. އ.ދ އޮގަސްޓް މަހު އާއްމުކުރި ހިސާބުތައް ދައްކާގޮތުން ސޫރިޔާ ހަނގުރާމައިގައި 190،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...