ތެލާއި ކަރަންޓު ނުލިބި ޣައްޒާގެ ރައްޔިތުން ކައްކާ ގޭހަށްޖެހި ކާއެއްޗެތި ރޯފިލުވާނެ ގޮތެއް ނެތިފައިވާ ކަމަށް ޣައްޒާގެ ރައްޔިތުންނާއި ހަވާލާދީ މީޑިއާ ރިޕޯރޓްތައް ބުނެފިއެވެ.
ތެޔޮ ނުލިބިމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ކެއްކުން ގޭހަށް ބަދަލުކޮށްފައިވާ ކަމަށާއި ނަމަވެސް ޣައްޒާގެ ރައްޔިތުން ކެއްކުމަށް ބޭނުންވާ ވަރަށްވެސް ކައްކާ ގޭސް ލިބެމުން ނުދާކަމަށް އެރައްޔިތުން ބުނެއެވެ.
ދުވާލެއްގެ މައްޗަށް ޣައްޒާއަށް 500- 450 ޓަނުގެ ކައްކާ ގޭސް ބޭނުންވާ ކަމަށާއި ނަމަވެސް އެއަދަދަށް ޣައްޒާއަށް ކައްކާ ގޭސް އެތެރެކުރުމަށް ސަޚްޔޫނީން ހުއްދަ ނުދޭކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ. އަދި ސަޚްޔޫނީން މިގޮތަށް ޢަމަލުކުރަމުންދާތާއި މަހަކަށްވުރެ ގިނަދުވަސްވެފައިވާ ކަމަށްވެސް އެރައްޔިތުން ހާމަކުރެއެވެ.
ތެޔޮ ނުލިބުމުގެ ސަބަބުން ގޭހަށް ބަރޯސާވުން ބޮޑުވެފައިވާ މިދަނޑިވަޅުގައި ސަޚްޔޫނީން ހުއްދަ ކުރަނީ ދުވާލަކަށް ޣައްޒާއަށް ބޭނުންވާ ގޭހުގެ %60 އެތެރެކުރުމަށް ކަމަށާއި މިކަމުހެ ސަބަބުން ގޭހުގެ އަގު އުފުލި ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ.
މިހާރު 12 ކިލޯގެ ގޭސްފުޅިއެއް ފުރުމަށް މަސްދުވަސް ހޭދަވާކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...