އ.ދ ގެ ކާނާއިއާއި ބެހޭ ޕްރޮގްރާމްއިން ފާއިސާ ހުސްވެ، ސޫރިޔާގެ ރައްޔިތުންނަށް ކާނާ ފޯރުކޮށްދިނުން މިދިޔަ ހަފްތާގައި ހުއްޓާލާފައިވާއިރު، ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުން ކާނާއަށް ޖެހިފައިވާ ކަމަށް އެރައްޔިތުން ބުނެފިއެވެ.
ކޭމްޕް ތަކުގައި ދިރިއުޅޭ ރެފިއުޖީންނާއި ހަވާލާދީ ރޮއިޓަރސްއިން ހާމަކުރާ ގޮތުގައި ކާނާއި ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ހުއްޓާލާފައިވާވުމުގެ ސަބަބުން ރެފިއުޖީން ކާނާއަށް ޖެހިފައިވާ ކަމަށާއި ފިނި މޫސުމުގެ ފިނިން ރައްކާތެރިވާނެ ގޮތެއް އެމީހުންނަށް ނެތްކަމަށެވެ.
ތުރުކީ، އުރުދުން އަދި ލުބްނާންގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ސޫރިޔާގެ 1.7 މިލިއަން ރެފިއުޖީންނަށް އ.ދ ގެ ކާނާއާއި ބެހޭ ޕްރޮގްރާމްއިން ކާނާ ފޯރުކޮށްދެމުން ދެއެވެ.
އ.ދ ގެ ކާނާއާއި ބެހޭ ޕްރޮގްރާމްގެ ތަރުޖަމާން ހޯމަ ދުވަހު ޚަބަރުފަތުރާ ވަސީލަތްތަކަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ފައިސާ ހުސްވުމުގެ ސަބަބުން އެހިތެރިވުމަށް މިދިޔަ ހަފްތާގައި ހުޅުވާލުމުން އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ޤައުމުތަކުގެ ސަރުކާރުތަކުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާއިރު 158 ޤައުމެއްގެ އަމިއްލަ ފަރުދުންނާއި އަމިއްލަ ކުންފުނިތަކުން 1.8 މިލިއަން ޑޮލަރ ހަދިޔާ ކޮށްފައިވާ ވެއެވެ.
300 ރެފިއުޖީންނާއެކު ލުބްނާންގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ ސޫރިޔާގެ ހިމްސްގެ ރައްޔިތެއްކަމުގައިވާ އުއްމު އަލީ ބުނީ ކާނެ އެއްޗެއްް ނުލިބި ބަނޑުހައިކަންމަތީ އެތައް ދުވަހެއް ހޭދަވާ ކަމަށާއި ކުރިމަތިވެފައިވާ ހާލަތަށް ކެތްތެރިވެވުނު އެންމ މަތީ ދަރަޖައަކަށް ކެތްކުރަމުންދާ ކަމަށެވެ.
ސޫރިޔާގެ އަލިއްޕޯގެ ރައްޔިތެއް ކަމުގައިވާ އަހުމަދު ޗައްބާން އަބްދުﷲ ބުނީ ޤައުމުވަކިކުރާ ސަރަހައްދީ ރޮނގުމަތީ ބަނޑުހައިހޫނު ކަމުގައި މަރުވުމަށްވުރެ، ޤައުމަށްގޮސް ހަނގުރާމަކޮށްގެން މަރުވުން މާރަނގަޅުކަމަށެވެ.
ސުރިޔާގައި ހިނގަމުންދާ ހަނގުރާމަ ހަތަރު އަަހަރަށްވުރެ ދިގު ފެމިފައިވާއިރު 3.2 މިލިއަން ސޫރިޔާގެ ރައްޔިތުން ޤައުމު ދޫކޮށް ރެފިއުޖީން ގޮތުގައި އެހެން ޤައުމުތަކަށް ހިޖުރަކޮށްފައިވެއެވެ. އަދި މިހަނގުރާމައިގައި 200،000 ގިނަ މީހުން މަރުވެފައިވާކަމަށް އ.ދ ގެ ހިސާބުތަކުން ދައްކައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...