ނިގެން ދިޔަ އޯގަސްޓުމަހު ހުޅަނގުއައްސޭރީގެ ސަރަހައްދުތަކުން ފަލަސްޠީނުގެ 597 މީހުން އިސްރާއީލުން ހައްޔަރުކޮށްފައިވާކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ އެންޖީއޯއަކުން ވިދާޅުވެއްޖެއެވެ.
ޕަލަސްޓައިން ޕްރިސަނަރސް ސޮސައިޓީއިން ޢާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އެންމެ ގިނައިން ފަލަސްޠީނުގެ ރައްޔިތުން ޙައްޔަރުކޮށްފައިވަނީ ހެބުރޫންއާއި ޤުދުސްއިންނާ ރާމަﷲ ގެ އިތުރުން ޖެނިން އަދި ބައިތުލް ލަހަމްއިންނެވެ.
އޭގެތެރެއިން އެންމެ ގިނަ މީހުން ހައްޔަރުކޮށްފައިވަނީ ޤުދުސްއިންނެވެ. އެގޮތުން 190 މީހުން ޤުދުސްއިން ހައްޔަރުކޮށްފައިވެއެވެ. ދެން އެންމެ ގިނަ މީހުން ހައްޔަރުކޮށްފައިވަނީ ހިބުރޫނުންނެވެ. އެސރހައްދުން 102 މީހުން ހައްޔަރުކޮށްފައިވެއެވެ.
އެބަޔާނުގައި ބުނެފައިވަނީ ދެ އަންހެނުން ޤުދުސްއާއި ރާމަﷲއިން ހައްޔަރުކޮށްފައިވާކަމަށެވެ.
އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ 7000 ވުރެ ގިނަ މީހުން ހައްޔަރުގައި އެބަތިބިކަމަށް ަލަސްޓައިން ޕްރިސަނަރސް ސޮސައިޓީއިން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...