އިނގިރޭސި ވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި އިސްރާއީލަށް ފާޑު ވިދާޅުވުމުން އެމަޖިލީހުގެ މެންބަރު ޖޯޖު ގެލޮވޭއަށް ޙަމަލާ ދީފިއެވެ.
ގެލޮވޭގެ ތަރުޖަމާން ރޮން މެކޭ ބުނީ އިނގިރޭސި ވިލާތުގެ ރެސްޕެކުޓު ޕާޓީއިން މަޖިލީހުގައި ތަމްސީލު ކުރަމުންދާ ޖޯޖު ގޮލޮވޭއަށް ހަމަލާ ދީފައިވަނީ އޭނާ މަގު މަތީގައި އުޅުއްވަނިކޮށް އޭނާގެ ބޮލުގައި އެއްޗަކުން ޖަހައި ކަމަށެވެ.
އަދި ޖެހުނު ތަން ވަރަށް ބޮޑަށް ދުޅަ ވެފައިވާކަމަށްވެސް މެކޭ ބުންޏެވެ.
ގެލޮވޭއަށް ޙަމަލާ ދީފައިވަނީ ހުކުރު ދުވަހު ހަވީރު ލަންޑަންގެ ނޯޓިންގހިލް ސަރަހައްދުގައި އޭނާ އައްވަށްޓެރިއަކާއެކު ފޮޓޯއެއް ނަންގަވަން އުޅުމުގެ ތެރޭގައި ކަމަށް މެކޭ ބުންޏެވެ.
"ގެލޮވޭއަކީ ޢާއްމުކޮށް މީހުންނާއެކު ފޯޓޯ ނަންގަވައި އިޖުތިމާޢި ވިއުގައި ހިއްސާކުރައްވާ ބޭފުޅެއް. އެޙަމަލާ ދިން މީހާ ވަރަށް އެއްޗިހި ގޮވި ހޮލަކާސްޓަށް ގޮލޮވޭ ފަޑު ވިދާޅުވާތީ" ރޮން މެކޭ ބުންޏެވެ.
މެކޭ ބުނީ ޖޯޖު ގެލޮވޭއަށް ނިސްބަތްކޮށް އެމީހާ 'ހިޓުލަރ' މިހެންވެސް ގޮވަފައިވާ ކަމަށެވެ.
ލަންޑަންގެ ފުލުހުން ބުނެފައިވަނީ ގެލޮވޭއަށް ޙަމަލާދިން ވަގުތު އެސަރަހައްދުގައި އުޅުނު ފުލުހުންނަށް މަންޒަރު ފެނިފައިވާ ކަމަށާއި، ޙަމަލަދިން 39 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށްބުނީ ގެލޮވޭއަށް ހަމަލާދިން ވަގުތު އޭނާ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އޭނާ ހޮސްޕިޓަލުން ދޫކޮށްލެވުނީ އިއްޔަ ހެނދުނު ކަމަށެވެ.
ބުރެޑުފޯރޑު ސިޓީގެ ފަރާތުން މަޖިލީހުގައި ތަމްސީލު ކުރައްވަމުން ގެންދަވާ ޖޯޖު ގެލޮވޭ ޤާނޫނު ހަދާ މަޖިލީހުގައި އިސްރާއީލަށް ފަޑު ވިދާޅުވީ އޯގަސްޓު މަހު ކުރީ ކޮޅުއެވެ.
"ބުރެޑުފޯރޑަކީ އިސްރާއީލު ފުރީ ޒޯންއެއް. ހައްދުފަހަނައަޅާފައިވާ ޤަޠުލު ޢާއްމު ހިންގާ އެޤައުމެއް އަޅުގަނޑުމެން ބަލައެއް ނުގަންނަން. އެއީ ލޭއޮރުވުމާއި ހަމަނުޖެހުންތަކާއި ޖަރީމާ ހިންގާ ޤައުމެއް" މަޖިލީހުގައި އިސްރާއީލަށް ފަޑުވިދާޅުވަމުން ގެލޮވޭ ވިދާޅުވިއެވެ.
ކުރިން އިނގިރޭސި ލޭބރ ޕާޓީގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ގެލޮވޭ މިހާރު ނިސްބަތްވާ ޕާޓީއިންވަނީ ގެލޮވޭއަށް ޙަމަލާދިންފަހުން އޭނާގެ ފޮޓޯއެއް ޢާއްމުކޮށްފައެވެ.
ގެލޮވޭއަކީ ރެސްޕެކްޓު ޕާޓީގެ ލީޑަރުވެސް މެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...