އިއްޔެގެ ވަގުތެއްގައި ސެންޓުރަލް އެފުރިކަން ރިޕަބްލިކްގައި އެންޓި ބަލަކާ ކުރިސްޓިއަން މޫވުމެންޓުން އެޤައުމުގެ ބަމްބާރީ ސުޓޭޓުގައި ރަހުމު ކުޑަ ގޮތަކަށް އަނީޔާ ދީ ދެމުސްލިމުން މަރައިލައިފިކަމަށް އެޤައުމުގެ ޞިއްހީ އޮފިޝަލުން ބުނެފިއެވެ.
" އެންޓި ބަލަކާ މޫވުމެންޓުން ވަނީ ތޫނު ވަޅިފަދަ ހަތިޔާރަކުން ރަހުމު ކުޑަ އަނިޔާ ދިނުމަށްފަހު ދެ މުސްލިމުން މަރާލައިފަ ހޮސްޕިޓަލްގެ ބޭރުގައި އޮތް. އެދެމީހުންނާއެކު އެދެމީހުން މަރާލަން ބޭނުން ކުރި ތުނު ބޮޑު ވަޅިއެއްވެސް އޮތް. އެދެމީހުން މަރާލިތަން އަލައިންޑާއޯގެ މީހަކަށްވެސް ފެނުނު" ނަން ހާމަ ކުރަން ނޭދޭ ބަމްބާރީގެ ލޯކަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހަކު މީޑިއާގައި ހާމަކޮށްފައިވެއެވެ.
އޭނާ ބުނީ އެދެމީހުން މަރާލީ އެއްވެސް ސަބަބެއް އޮވެގެން ނޫންކަމަށެވެ. އެދެމީހުންގެ މަރާ ގުޅިގެން ބަމްބާރީގައި ގިނަ މީހުން މުސްލިމުންނާ ގުޅުން ބާއްވަންވެސް ބިރު ގަންނަ ކަމަށާއި އެއީ މުސްލިމުންނާ ދެކޮޅަށް ހިންގާ އެފަދަ ޖަރީމާތަކުގެ ސަބަބުން ބަމްބާރީގެ ޢައްމު ރައްޔިތުންގެ ފުރާނައަށް ނުރައްކާ ވުމުގެ ބިރު އެބައޮތް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...