މިސްރުން ހުށަހަޅައިފައިވާ ސީސްފަޔަރ ނުވަތަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އެންމެފަހުން އިސްރާއީލު އެއްބަސްވުމުން ސީސްފަޔަރ އިޢުލާންކުރުމާއެކު ޣައްޒާގައި ރޭ އުފާފާޅުކޮށްފިއެވެ.
އުފާފާޅުކުރުމުގެ ގޮތުން ޣައްޒާގެ ބައެއް ސަރަހައްދުތަކުގައިވަނީ ފޮނިކާއެއްޗިއްސާއި ހަލުވާފަދަ ތަކެތި ބަހާފައެވެ އަދި އައްޝިފާ ހޮސްޕިޓަލް ސަރހައްދުގައިވަނީ އަލިފާނުގެ އެކިކުޅިވަރުތައް ކުޅެފައެވެ.
އިއްޔެއާއި ހަމަޔަށް އިސްރާއީލުން މިސީސްފަޔާއަށް އެއްބަސްވެފައެއް ނުވެއެވެ. ނަމަވެސް ޙަމާސްއާއި އިސްލާމިކު ޖިހާދު ޖަމާޢަތުގެ ޙަމަލާތައް އިސްރާއީލުގެ އެކި ސަރަހައްދުތަކަށް އަރައި މުޅި އިސްރާއީލުވަނީ ސިހުމެއްގެ ތެރޭގައެވެ.
އިސްރާއީލުން މިސީފަޔަރއަށް އެއްބަސްވުން، ޣައްޒާގައި ސިފަކުރަމުންދަނީ ހަމާސްޖަމާޢަތައް ލިބުނު ކާމިޔާބެއްގެ ގޮތުގައެވެ. އެއީ މިސީސްފަޔަރގެ އެއްބަސްވުމަށް ހަމާސް ހުށަހަޅާފައިވަނީ ޣައްޒާއަށް މިހާރު އަޅާފައިވާ ޚިޞާރުގެ ފިޔަވަޅުތައް ނައްތާލުމާއި ޣައްޒާއަށް މުދަލާއި އިންސާނީ ވސީލަތްތަކާއި އިމާރާތް ކުރުމުގެ ސާމުނު ބަލާފާސް ކުރުމެއްނެތި ވެއްދުމުގެ ހުއްދަ ދިނުން ހިމެނެއެވެ. އަދި ޣައްޒާގެ ކަނޑުގެ ސަރަހައްދުން 12 ނޯޓިކަލް މޭލުން ޣައްޒާގެ މަސްވެރިންނަށް މަސްވެރިކަން ކުރުމުގެ ފުރުޞަތު މިނިވަން ކަމާއެކު ދިނުން ހިމެނެއެވެ.
ސީސްފަޔައަށް އިސްރާއިލު އެއްބަސްވުމަކީ މިކަންކަމަށް ދޫދޭން އިސްރާއީލު އެއްބަސްވުމެވެ.
މިސީސްފަޔާރގެ އެއްބަސްވުން ޤާޢިމުވެ، އެއްމަސް ދުވަހުގެ މުއްދަތައްފަހު ޣައްޒާގައި ކަނޑުގެ ބަނދަރަކާއި ވައިގެ ބަނދަރެއް ހެދުމުގެ ހުއްދަ ދިނުމާއި ބެހޭގޮތުން ދެފަރާތުގެ މެދުގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...