ދުނިޔެ ޣައްޒާ 1000 ވުރެ ގިނަ ކުޑަކުދިން ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް

ޣައްޒާ 1000 ވުރެ ގިނަ ކުޑަކުދިން ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް

ޣައްޒާ 1000 ވުރެ ގިނަ ކުޑަކުދިން ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި ޣައްޒާގެ 1000 ވުރެ ގިނަ ކުޑކުދިން ޚާއްޞަ އެހީއަށް ބޭނުން ވެފައިވާ ކުދިންނަށް ބަދަލުވެފައިވާ ކަމަށް ޔޫރޯމެޑު އޮބްޒަވޭޓުރީ ފޯރ ހިޔުމަން ރައިޓުސްއިން ވިދާޅުވެއްޖެއެވެ.

އެޖަމާއަތުން މިއަދުނެރެފައިވާ ބަޔާނުގައި  ބުނެފައިވަނީ ޣައްޒާގެ 300 ވުރެ ގިނަ ކުޑަކުދިން ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރެއިން ތިން ބައި ކުޅަ އެއްބައި ކުދިންނަކީ "ދާއިމީކޮށް ޚާއްޞަ އެހީއަށް ބޭނުވެފައިވާ ކުޑަކުދިންނަށް ބަދަލު ވެފައިވާ"ކަމަށެވެ.

ޣާއްޒާ ހަނގުރާމައިގައި ވޮޗު ޑޯގެއްގެ ގޮތުގައި ޙަރަކާތްތެރިވަމުންދާ މިޖަމާޢަތުން ބުނެފައިވަނީ އިސްރާއީލުން ޣައްޒާގެ ޢާއްމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ދަނީ "ނުބައިކަން ބޮޑު ޖަރީމާ" އެއްކަމަށެވެ. އަދި "އިސްރާއީލު އެދަނީ އިންސާނިއްޔަތާއި ދެކޮޅަށް ޖަރީމާ ހިންގަމުން" ކަމަށް އެޖަމާޢަތުން ސިފަ ކުރިއެވެ.

މިހަނގުރާމައިގައި މިހާތަނަށް އިސްރާއީލުންވަނީ ފަލަސްޠީނުގެ 2135 މީހުން ޝަހީދުކޮށްލާފައެވެ. 10918 މީހުން ވަނީ ޒަހަމުވެފައެވެ. 41350 ގެއަށް ވަނީ ގެއްލުން ދީފައެވެ. 152 މިސްކިތަށް ގެއްލުން ދީފައިވެއެވެ. 232 ސުކޫލަށް ގެއްލުން ދީފައިވާއިރު 33 ހަސްފަތާލަށް ވަނީ ގެއްލުން ދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.