ތުރުކީގެ ރިޔާސީ އިންޠިޚާބުގެ ފުރަތަމަ ބުރުން ލިބުނު ކާމިޔާބީއާއެކު ރައީސް އުރުޢާން ގެ އަވަސް އިސްނެގެވުމުގެ ދަށުން މިއަދު ހެނދުނުގެ ވަގުތެއްގައި ޣާޒާއިން ތުރުކީގެ ވެރިކަންކުރާ ސިޓީއަށް ބަލިމީހުންނާއެކު ފުރަތަމަ ފުލައިޓް އައިސްފައިވާކަމަށް ތުރުކީގެ ޚަބަރުފަތުރާ ވަސީލަތްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
"ޒަހަމް ލިބިފައިވާ އަހަރެމެންގެ އަޚުން ވަނީ ޣާޒާ އިން މިއަދު އަންނަންފަށާފަ" ތުރުކީގެ ޚާރިޖީ ވަޒީރު މީޑިއަށް ވިދާޅުވިއެވެ. އަދި "ފުރަތަމަ ފިޔަވަހީގައި ޕްލޭން ކޮށްފައިވާ ގޮތުން ދުއިސައްތައެއްހާ ބަލިމީހުން ގެނެސް ފަރުވާދިނުމަށް ނިންމާފައިވާނެ" ކަމުގައިވެސް ވިދާޅުވިއެވެ.
އަދިވެސް އިތުރު ބަލިމީހުން ވައިގެ މަގުން ގެނެސް ފަރުވާ ދިނުމުގައި މިސްރާއީ ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެފައި ތިބި ޔަހޫންދީންނާވެސް މަޝްވަރާތަށް ކުރެވެމުންދާކަމުގައި މިނިސްޓަރ ވިދާޅުވެފައިވާކަމަށް ތުރުކީގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެވެ.
.ލިބިވަޑާއިގެންނެވި ކާމިޔާބީއާއެކު ރައީސް އުރުދުޢާން ދެއްކެވި ވާހަކަފުޅުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ހެޔޮއެދިވަޑައިގަންނަވާކަން ހާމަވެގެންދިޔައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...