ދުނިޔެ ޣައްޒާގައި ހިނގަމުންދާ ޖަރީމާތައް ތަހުގިގް ކުރުމަށް އދ އިން ފާސްކޮށްފި

ޣައްޒާގައި ހިނގަމުންދާ ޖަރީމާތައް ތަހުގިގް ކުރުމަށް އދ އިން ފާސްކޮށްފި

ޣައްޒާގައި ހިނގަމުންދާ ޖަރީމާތައް ތަހުގިގް ކުރުމަށް އދ އިން ފާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޣައްޒާގައި ހިނގަމުންދާ ޖަރީމާތައް ތަހްގީގް ކުރުމަށް އދ ގެ ހިއުމަން ރައިޓްކް ކައުންސިލުން ފާސްކޮށްފިއެވެ.

މިކައުންސިލުން މިގޮތަށް ފާސްކޮށްފައިވަނީ ޖުމްލަ 29 ގައުމުގެ ތާއީދާ އެއްކޮންނެވެ. މި ނިންމުމަށް ދެކޮޅު ހަދައިފައިވަނީ އެންމެ ގައުމަކުންނެވެ. އަދި މިވޯޓުގައި ބައިވެރިނުވާ 17 ގައުމު ވިއެވެ.

ޣައްޒާގައި ހިނގަމުންދާ ޖަރީމާތައް ތަހުގީގު ކުރުމަށް ފެންނަ ކަމަށް ވޯޓް ދީފައިވަނީ، ދިވެހިރާއްޖެ، އަލްޖީރިޔާ، އާޖެންޓީނާ، ބުރެޒިލް، ޗިލީ، ޗައިނާ، ކޮންގޯ، ކޮސްޓަރިކާ، ކޯޓަޑިވޯ، ކިއުބާ، އިތިއޯޕިއާ، އިންޑިއާ، އިންޑޮނޭޝިއާ، ކަޒަކިސްތާން، ކެންޔާ، ކުވޭތު، މެކްސިކޯ، މޮރޮކޯ، ނަމްބިއާ، ޕާކިސްތާން، ޕެރޫ، ފިލިޕީންސް، ރަޝިއާ، ސައުދީ، ސިއެރަ ލިއޯން، ސައުތު އެފްރިކާ، ޔޫއޭއީ، ވެއެޓްނާމް އަދި ވެނެޒިއުލާއެވެ.

ނުފެންނަ ކަމަށް ވޯޓް ދީފައިވާ ގައުމަކީ އެމެރިކާއެވެ. އަދި ވޯޓްގައި ބައިވެރިވެފައި ނުވަނީ، ރިޕަބްލިކް އޮފް ކޮރެއާ، ރޫމޭނިއާ، ރިޕަބްލިކް އޮފް މެސޮޑޯނިއާ، އިނގިރޭސިވިލާތް، ފުރާންސް، ޖަރުމަން، ގަބޮން، އަޔަލޭންޑް، އިޓަލީ، ޖަޕާން، މޮންޓެނީގުރޯ، އޮސްޓުރިއާ، ބެނިން، ބޮޓްސްވާނާ، ބަރކީނާ ފެސޯ، އެސްޓޯނިއާ އަދި ޗެކް ރިޕަޕްލިކެވެ.

ހިއުމަންރައިޓްސް ކައުންސިލްގައި ދިވެހި ދައުލަތުގެ ސަފީރު އަބްދުﷲ ހަމީދު ވާހަކަދައްކަވަމުން އިސްރާއިލުގެ އަމަލުތައް ކުށްވެރި ކުރައްވައިފައިވެއެވެ. އަދި އެކަމާއި ދެކޮޅަށް މުޅި ދުނިޔެ ތެދުވުމަށްވެސް ގޮވާލައިފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.