ދުނިޔެ އިސްރާއިލު ރައްޔިތުންގެ ހައިވާނުކަން މީޑިއާގައި ފަޅާއަރައިފި

އިސްރާއިލު ރައްޔިތުންގެ ހައިވާނުކަން މީޑިއާގައި ފަޅާއަރައިފި

އިސްރާއިލު ރައްޔިތުންގެ ހައިވާނުކަން މީޑިއާގައި ފަޅާއަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓެރަރިސްޓް އިސްރާއިލް ރައްޔިތުންގެ އިންސާނިއްޔަތުކަމެއް ނެއްކަމާއި އެބައިމީހުންގެ ހައިވާނުކަން އިންޓަރނޭޝަނަލް މީޑިއާގެ ކުރިމަތީގައި ހާމަވެއްޖެއެވެ.

މިގޮތުން ސީއެންއެންގެ އިންޓަރނޭޝަނަލް ކޮރަސްޕޮންޑެންޓެއްކަމުގައިވާ ޑަޔާނާ މެގްނޭ އިސްރާއިލާއި ޣައްޒާއާއި ދެމެދު އޮންނަ ބޯޑަރު ސަރަހައްދުން ވަގުތުން ގެނެސްދިން ރިޕޯޓެއްގައިވަނީ، އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ޓެރަރިސްޓް ހަމަލާތައް ބަލަންގޮސްތިބި އިސްރާއިލް މީހުން އުފާފާޅުކުރާ މަންޒަރާއި އަޑު ގެނެސްދީފައެވެ.

ރިޕޯޓަށްފަހު ޑަޔާނާ މެގްނޭ އަށް އިސްރާއިލް ރައްޔިތުން އިންޒާރުދިންކަން އޭނާ ޓުވީޓްކޮށްފައި ވެއެވެ. މި ޓުވީޓްގައި ޑަޔާނާ ބުނެފައިވަނީ، އެންމެ ބަހެއް އެބައިމީހުންނާއި ދެކޮޅަށް ބުނިނަމަވެސް އަހަރެމެން ދަތުރުކުރާ ކާރު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޣައްޒާއަށްދޭ ހަމަލާތައް ބަލައި އުފާފާޅުކުރަން އެއްވެ ތިބި އިސްރާއިލުގެ ރައްޔިތުން ދީފައިވާ ކަމަށެވެ. ނަމަވެސް މިޓުވީޓްވަނީ 20 މިނެއްޓްފަހުން ޑިލީޓް ކޮށްލައިފައެވެ.

Capture

ޓެގް

އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.