ދުނިޔެ މެލޭޝިޔާގެ ބޯޓު ވައްޓާލުން، ޔަހޫދީންގެ ރޭވުމެއް ؟

މެލޭޝިޔާގެ ބޯޓު ވައްޓާލުން، ޔަހޫދީންގެ ރޭވުމެއް ؟

މެލޭޝިޔާގެ ބޯޓު ވައްޓާލުން، ޔަހޫދީންގެ ރޭވުމެއް ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

މެލޭޝިޔާގެ މަތިންދާ ބޯޓަކަށް ވީނުވީއެއް ނޭނގި ގެއްލުނުތާ އެތައް ދުވަހެއް ވީއިރު ވެސް އެ ބޯޓުގެ ޚަބަރެއް ނުވެގެން އުޅެނިކޮށް އިއްޔެ މުޅި ދުނިޔެ ސިއްސުވާލީ މެލޭޝިޔާގެ މަތިންދާ ބޯޓެއް އެތައް ސަތޭކަ ފަސިންޖަރުންނާއި އެކު ދަތުރު ކުރަމުން ދަނިކޮށް ވައްޓާލި ޚަބަރާއި އެކުގައެވެ.
މި ބޯޓު ވެއްޓުނީ މިސައިލަކުން ބޯޓަށް ޙަމަލާ ދިނުމުން ކަން ކަށަވަރު ކުރެވިފައި ވާއިރު، މިހާތަނަށް މިކަން ކުރި ބަޔަކު ހޯދިފައެއް ނުވެއެވެ.
ޔޫކްރޭން ސަރުކާރާއި ވަކިވެ ގަތުމަށް މަސައްކަތް ކުރާ ހަނގުރާމަ ވެރިން އެއްބަޔަކު އަނެއް ބަޔެއްގެ ބޮލުގައި މީގެ އިލްޒާމް އަޅުވަމުން ދާއިރު، މިހާރު އުފެދޭ ސުވާލަކީ މި ބޯޓު ވައްޓާލުމުގައި ތިންވަނަ ފަރާތެއްގެ އަތެއް ވޭތޯ އުފެދޭ ސުވާލެވެ.

މެލޭޝިޔާގެ މަތިންދާ ބޯޓު ވައްޓާލައި އެތައް ސަތޭކަ ބަޔަކު މަރާލުމާއި އެކު ޔަހޫދީ މީޑިޔާ ތަކާއި ޔަހޫދީން ކޮންޓްރޯލް ކުރާ ދުނިޔޭގެ ބޮޑެތި ހުރިހާ މީޑިޔާ ތަކުން ގެނެސްދޭން ފެށީ ބޯޓު ވައްޓާލި ޚަބަރެވެ.
އެހެން ނަމަވެސް މި ކަމަކީ ހިނގާނެ ކަމެއްކަން ދެނެ ތިބެގެން މިކަމަށް ބަޔަކު ވަރަށް ބޮޑަށް ތައްޔާރު ވީކަން ދޭހަވަނީ ބޯޓު ވެއްޓުމާއި އެކު ދުނިޔޭގެ މީޑިޔާ ވެއްޓުނު ބޯޓާއި ދިމާއަށް އެނބުރު ވަގުތަށް ބަލަ ބަލާ އެކަމަށް ތައްޔާރު ވެގެން ތިބި ޔަހޫދީ އިޒްރޭލަށް އާ ވައްތަރެއްގެ ޤަތުލު ޢާއްމެއް ހިންގަން ފެށުމުން ނެވެ.
އެގޮތުން މީޑިޔާ ތަކުން އެމީހުންނަށް ނުބަލާ ކަމަށް ހީކޮށް އިޒްރޭލުގެ އަނިޔާވެރި ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނާއި ދެކޮޅަށް އާ ވައްތަރެއްގެ ނުރައްކާތެރި ގޭހަކުން ޙަމަލާދީފަ އެވެ.
މި ގޭހުގެ އަސަރު ކުރުމުން ނޭވާލާން ދަތިވެ ގިނަ ބަޔަކު ހޮސްޕިޓަލަށް ގެންދެވުނު އިރު މީގެ ތެރެއިން ގިނަ ކުދިން މިހާރު ވަނީ ކޯމާ އަކަށް ގޮސްފަ އެވެ.
މީގެ އިތުރުން ދުނިޔޭގެ ނަޒަރު މެލޭޝިޔާގެ ބޯޓަށް އެނބުރު ވަގުތު ޔަހޫދީން ދޭންފެށި ގަދަފަދަ ޙަމަލާ ތަކުގައި ތަނެއް ދޮރެއް ނުބަލާ ހޮސްޕިޓަލް ތަކާއި ސްކޫމް ތަކާއި މިސްކިތް ތަކާއި އެމްބިއުލާންސް ތަކަށް ވެސް ވަނީ އެއްވެސް ބެލުމެއް ނެތި ޙަމަލާދީ ސުންނާފަތި ކޮށްލާފައެވެ.
ޔަހޫދީން މި ހުރިހާ ޖަރީމާ އެއް ހިންގި އިރު ދުނިޔޭގެ ބޮޑެތި މީޑިޔާ ތައް ކަމަށްވާ ބީބީސީ ، ސީއެންއެން، ސްކައި ނިއުސް ފަދަ ޔަހޫދީން ހިންގާ މީޑިޔާ ތަކަށް ކަމެއް ވީކަން ނުވެސް އެނގެއެވެ.
އެމީހުން އުޅުނީ ޔަހޫދީންގެ މަކަރުވެރި ރޭވުމަކުން ޙަމަލާދީ ވައްޓާލި މަތިންދާ ބޯޓު ވެއްޓުނު ވިނަ ގަނޑުން ޙަމާސްގެ ރޮކެޓެއްގެ އެތިކޮޅެއް ފެނޭތޯއެވެ.

ކޮންމެ އަކަސް މި ޙާދިސާ އަށް އެކަނި ބަލާލިޔަސް ޔަހޫދީންގެ މަޤްޞަދަކީ ދުނިޔޭގެ ނަޒަރު އެހެން ދިމާ އަކަށް އަނބުރާލައި އެމީހުންގެ ޤަޠުލު ޢާއްމު ފޮރުވުން ކަން މިއިން ވެސް ދޭހަވެއެވެ.
އެހެނީ މި މީހުންނަކީ މިބައިމީހުންގެ ނުބައި ވަޙުޝީ މަޤްޞަދުތައް ޙާޞިލު ކުރުމަށް އަމިއްލަ ރައްޔިތުން ވެސް މަރާނެ ބައެއް ކަން އެންމެ ރަނގަޅަށް ދަންނާނެ ބަޔަކީ އެމެރިކާ އާއި އިޒްރޭލުގެ ޔަހޫދީންނެވެ.
އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލި ދުވަހު އެތަނުގައި ވަޒީފާ އަދާކުރާ ދެހާހަށްވުރެ ގިނަ ޔަހޫދީންގެ ތެރެއިން އެއްވެސް ޔަހޫދީ އަކު އެދުވަހު ވަޒީފާ އަށް ނުނުކުތީ އިއްޠިފާޤަކުން ކަމަށް ބަޔަކު ޤަބޫލު ކުރިޔަސް އެކަން އެހެން ވީ ކީއްވެކަން ހަމަ ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ.

މީގެ އިތުރުން މިފަހަރުގެ އަނިޔާވެރި ޙަމަލާ ތައް އިޒްރޭލުން ފަށަން މެދުވެރިވި ސަބަބަށް ބަލާލަމާތޯއެވެ.
އިޒްރޭލުގެ ޔަހޫދީ ތިން ޒުވާނަކު ވަގަށް ނަގައި އެއްވެސް އަނިޔާއެއް ނުދީ ވަރަށް ލޯބިން މަރާލާފައި ވަނީ ވަށައިގެން ޔަހޫދީންގެ ކެމެރާ ތައް ހަރުކޮށްގެން ސައްވީސް ގަޑިއިރު ބަލަމުން ގެންދާ ސަރަޙައްދަކުން ނެވެ.
އަދި އެމީހުން މަރާލާފަޢި ތިއްބާ ފެނުނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓެއް ކައިރިން ޔަހޫދީން ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކޮށްފައި އޮތް ހިސާބަކުން ނެވެ.
ސުވާލަކީ ފަލަސްޠީނުގެ ބަޔަކު ތިން ޔަހޫދީން ވަގަށް ނަގައި އެމީހުންނަށް އެއްވެސް އަނިޔާ އެއް ނުކޮށް ލޯބިން ފިރުމާލުމަށްފަހު ކަނުބަނދެ ފުރަގަހުން ބޮލަށް ބަޑިޖަހައިގެން މަރާލާފާނެ ތޯއެވެ؟
ފަލަސްޠީނުގެ ކުޑަކުދިން މަރައި އަންހެނުން ރޭޕްކޮށް ކުޑަކުދިންނަށް އަބަދާއި އަބަދު ބިރު ދައްކަމުންދާ ބަޔަކާއި މެދު މިހާ އޯގާތެރިކޮށް ފަލަސްޠީނުގެ ޒުވާން ލޭ ހިނގާ މުޖާހިނދުން ކަންކަން ކޮށްފާނެ ބާއެވެ؟

ކޮންމެ އަކަސް މި ޙާދިސާ ހަމަ ހިނގުމާއި އެކު ފަލަސްޠީނުގެ މުޖާހިދުން ވަނީ މިއީ ޔަހޫދީން އަމިއްލަ އަށް ހިންގި ޖަރީމާ އެއް ކަމަށް ބުނެ މިކަން ތަޙުޤީޤު ކުރުމުގައި އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.
އަދި އެ ޖަރީމާ މުޖާހިދުން ވެސް ވަނީ އިންތިހާ އަށް ކުއްވެރިކޮށްފައެވެ.
އަދި މިކަމަކީ ޔަހޫދީ އަނިޔާވެރި ޖަލުގެ ޤައިދުން ދާދި ފަހުން އިޒްރޭލުގެ ޔަހޫދީ ސިފައިންގެ މީހެއްގެ ބަދަލުގައި ދޫކޮށްލި ފަލަސްޠީނުގެ މުޖާހިދުން އަލުން ހައްޔަރު ކުރުމަށް ޖަހާ މަޅިއެއް ކަމަށް ޙަމާސް އިން ވަނީ ތުހުމަތު ކޮށްފަ އެވެ. ކަން ހިނގީ ވެސް ހަމަ އެބީދައިންނެވެ.

އެހެން ކަމުން މިހާ ސާފުކޮށް މިކަން މިހެން ފެންނަން އޮތް އިރު އިޒްރޭލުން މުޅި ދުނިޔޭގެ ކުރިމަތީގައި ފަލަސްޠީނުގެ ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުންނާއި ހޮސްޕިޓަލް ތަކާއި ސްކޫލް ތަކާއި މިސްކިތްތަކާއި އެންބިއުލާންސް ތައް ފުނޑުފުނޑު ކުރަމުން ގެންދާ މަންޒަރު ދުނިޔެ ބަލަމުން އެމީހުންނާ ދެކޮޅު ޝުޢޫރުތައް ފާޅުކޮށް އެމީހުންނަށް ނަފްރަތު ކުރަމުން ގެންދާތީ ދުނިޔޭގެ ނަޒަރު އެހެން ދިމާ އަކަށް އަނބުރާލުމަށް މެލޭޝިޔާގެ ބޯޓެއް ވައްޓާލައި އެތައް ސަތޭކަ ބަޔަކު މަރާލުމަށް އެމީހުން ފަސް ޖެހިދާނެ ކަމަށް ޔަހޫދީން ދަންނަ އެއްވެސް މުސްލިމަކު ޤަބޫލެއް ނުކުރާނެއެވެ.
ރަނގަޅަށް ތަޙުޤީީޤު ކުރެވި މީގެ ޙަޤީޤަތް ދުނިޔެ އަށް ހާމަވާ ދުވަހަކުން މި ބޯޓު ވައްޓާލީ ޔަހޫދީ މޯސާޑް އެޖެންޓުން ނުވަތަ ރާޑަރަށް ނާރާ މަތިންދާބޯޓެއްގައި އައި ޔަހޫދީސިފައިންގެ ބަޔަކުކަން ހާމަވާނެއެވެ. މިފަދަ ނާތަހުޒީބު މުޑުދާރު ޓެރަރިސްޓް ޢަމަލުތައް ހިންގުމަކީ ޔަހޫދީ އިޒްރޭލާއި އެމެރިކާ އަށް ފެންބޮއެފައި ވަޔެއް ލުންހާ ފަސޭހަ ކަމެކެވެ.
އެހެން ނަމަވެސް ޔަހޫދީ މީޑިޔާ ތަކުން ނަންކުރާނީ އަބަދުވެސް ހައިވަކަރު އޮޑިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.