ރިޕޯޓް ބިރުވެތި ވާން ހަމަ ނޭގެނީ އެވެ.

ބިރުވެތި ވާން ހަމަ ނޭގެނީ އެވެ.

ބިރުވެތި ވާން ހަމަ ނޭގެނީ އެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮންމެ ޖަލްސާއެއް ފެށުމުގައިވެސް ކީރިތި ޤުރުއާންގެ މޫރިތި އާޔަތް ތަކަށް ފަހު ދެން އިވިގެން ދާނީ އިއްޒަތްތެރިނަށް، ޙާޟިރީންނަށް ސަލާމާއި ޝުކުރުގެ ލަފްޡު ތަކެކެވެ.

ދުނިޔެ މަތީގައި ކިތަންމެ މަތީ ދަރަޖައިގެ އިއްޒަތެއް ލިބިފައިވިޔަސް ، އަޑަށް ކިތަންމެ ބާރެއްލާފަ ދެވޭ އިއްޒަތަކަށް ވިޔަސް، ފައިސާ އާއި މުދަލާއި، ބާރާއި ޖާހުގެ " އިއްޒަތްތެރި" އަކަށް ވިޔަސް، ތިމާގެ އަޖަލު ހަމަވުމާއެކު އެ ޢިއްޒަތުގެ އަޖަލުވެސް އެހިސާބުން ހަމަވެދެއެވެ. ނަމަވެސް ޔަޤީނުންވެސް ނިމުމެއް ނުވާ، ފަނޑުވެގެން ނުދާ ދާއިމީ ޢިއްޒަތް ލިބޭނޭ ބައަކު ވާކަން ދަންނަނަމަ، ދުނިޔެ މަތީ ޣާފިލުވެގެންދާނޭ މީހުން ތިބީސްބާއެވެ.

ހަމަކަށަވަރުންވެސް ﷲ ގެ ދަރުބާރަށް ޙާޟިރު ކުރެވޭދުވަހު، ހުރިހާ ޢިއްޒަތަކާ ޝަރަފެއްގެ ޙައްޤުވެރީންނަކީ ޔަޤީނުންވެސް ދުނިޔޭގައި ﷲ ހަނދުމަކޮށް އެ އިލާހަށް ތަޤުވާވެރިވި ހެޔޮލަފާ ޞާލިހު އަޅުތަކުންނެވެ. ދުނިޔޭގެ އެދުން ތަކާއި ޢިއްޒަތާ ޝަރަފަށް ދަހިވެތިވެ، ތަޤުވާ ހަނދުމަނެތިކުރި ﷲ ގެ އަޅުންނަކީ ހުރިހާ ނިޢުމަތަކާ، ޢިއްޒަތަކާ ޝަރަފެއް އަމިއްލަ އަތުން ވެއްޔާ މޮޑެލި މޮޔައިންނެވެ.

ނިޔޭގައި ޢިއްޒަތާއެކު ކިބުރުވެރިކަމާ ބޮޑާކަން އިސްކޮށް، ތިމާ ދުނިޔެއަށް ފޮނުއްވި މަޤްޞަދު ހަނދުމަ ނެތިކޮށް، އެކަމުގައިވެސް ޣާފިލްވެ، އާރާސްތު ގެ މަޤާމަށް ފަސާދަ އިސްކޮށް، ﷲ ގެ އަމުރާ ނަޙީ ގެ މައްޗަށް އަމިއްލަ އެދުން އިސްކޮށް، ދުނިޔޭގައި ބާރުވެރިކަމުގައި ދެމިހުރުމަށް އުއްމީދު ކުރެވެނީ ކިހާ ދުވަހަކަށް ބާއެވެ. މިފަދަ ކަމެއް އެންމެ ފަހަރަކުވެސް ހަދާނަށް ގެންނަން ވުގުތުކޮޅެއް ނުހޯދި ތިބެ، އެކި ގޮތްގޮތުން ޢިއްޒަތްތެރިކަމުގެ ހުޅުކޮޅުގެ އަލީގައި ފިޔަޖަހަޖަހާ ތިއްބައި، އެހުޅުކޮޅު ނިވި ދުނިޔެއާ އަލްވިދާޢު ކިޔުމުގެ ވަގުތު އައިސް ޖެހުމުން ވަގުތު ފަސްކުރެވޭނޭ ބާރެއް އާރެއް އެ ޢިއްޒަތުގައި ހިމެނިފައި ނުވާކަން ހަމަ ނުދަންނަނީ އެވެ. އެފަދަ ވަގުތުގައި ދިރިތިބީންގެ ފަރާތުން އޭނާއަށް އަދާކޮށްދެވޭ އެންމެ ފަހުގެ އިޙްތިރާމް ޢިއްޒަތުގައި ބެރުދުންމާރި ތާޅަފިލީގައި އަދާކުރަމުން ދާއިރު، ( އޭނާއަކީ ދުނިޔެ މަތީގައި ތަޤުވާ ހަނދުމަ ނުކުރި މީހަކުނަމަ ) ތިޔަހެން ނުހެދުމަށް އެދި އޭނާގެ ފުރާނަ ރޮއިއާދޭސް ކުރާއަޑު ނުއިވުމަކީ އެކަމުން ތިމާ ޢިބުރަތް ޙާޞިލް ނުކޮށް ޣާފިލުވާންވީ ސަބަބެއް ނޫނެވެ.

ހަނދުމަ ނެތި ނުކުރާށެވެ! އިންސާނާއަށް ލިބޭނޭ، ދެމިގެންވާ އެންމެ ބޮޑު ޢިއްޒަތާ ޝަރަފުގެ ނިޢުމަތް ލިބުންވަނީ، އޭނާގެ ޢަމަލުގެ ފަތުގެ ހިސާބު ބެއްލެވި، ﷲ ގެ ޙަޟުރަތުގައި ލިބޭނޭ މަތިވެރި ނިޢުމަތާ ޢިއްޒަތާ ޝަރަފުކަން ހަނދުމަކޮށް މި މަތިވެރި ނިޢުމަތަށް އެދި ދުނިޔޭގެ މަދު ދުވަސްކޮޅު އަގުހުރި ގޮތުގައި ހޭދަ ކުރެވޭތޯ ގަދަ އަޅާ މަސައްކަތް ކުރުމަށް އަވަސްވެ ގަންނަމާހިންގަވާށެވެ.

އަޅަމެންނީ ހެޔުބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ، މާތް ﷲ ގެ މަގުގައި ޘާބިތުވެ ތިބެ، އެއިލާހުގެ ނިޢުމަތްތަކަށް ޝުކުރުވެރިވެ، ދިންނެވުމާއި ފުއްސެވުމަށް އެދި އެއިލާހަށް ދުޢާކުރުންމަތީ ދެމިތިބޭނޭ ބަޔަކު ކަމުގައި ލައްވާދޭވެ. އާމީން!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.