ބުރަޒިލްގައި މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑު ކަޕް ފުޓުބޯޅަ މުބާރާތާއި ދިމާކޮށް ހިންގަމުންދާ 'ނޯ އިސްލާމް' ނުވަތަ 'އިސްލާމް ދީނާއި ބެހޭގޮތުން އުނގެނޭށެވެ' ކެމްޕޭންގެ ދަށުން ހިނގަމުންދާ ސިލްސިލާ ދައުވާ ޕްރޮގުރާމުގައި މިހާތަނަށް 12މީހުން އިސްލާމް ވެފައިވާކަމަށް އެކެމްޕޭނުން ބުނެފިއެވެ.
ބުރަޒިލްގެ އިސްލާމް އެންޑު އިމާމު ހައިކައުންސިލްގެ ރައީސް ޚާލިދު ރެޒާޤު ތަޤުޔުއްދީން ވިދާޅުވީ 'ނޯ އިސްލާމް'ގެ ކެމްޕޭންގެ ދައުވާގެ މަސައްކަތާއި އެހީއާއި އެކު 12 މީހުން އިސްލާމްވެފައިވާ ކަމަށެވެ.
"ނޯ އިސްލާމް' ކެމްޕޭންގައި އިސްލާމްވި މީހުން އިސްލާމް ދީން އިހްތިރާރުކޮށްފައިވަނީ ކެމްޕޭންގައި ބޭނުންކޮށްފައިވާ އިސްލާމް ދީނާއި ގުޅުން ހުރި ފޮތްތަކާއި މުސްލިމުންގެ ނަމާދުގެ ވާހަކައިން ބޮޑެތި އަސަރުތަކެއް ކޮށްގެން" ޚާލިދު ރެޒާޤު ވިދާޅުވިއެވެ.
މިކެމްޕޭންގައި ދައުވާގައި ހަރަކާތްތެރިވި ބޭފުޅުންވަނީ ބުރޯޜާއާއި ކާޑު މީހުންނަށް ބަހާފައެވެ. އަދި ބައެއް މީހުންނަށް އިސްލާމް ދީނުގެ ވާހަކަތައް ކިޔައިދީފައިވެއެވެ.
މިދައުވާ ކެމްޕޭންގައި ބައިވެރިވި ބޭފުޅުން ވަނީ ބުރަޒިލްގެ ފާހަގަ ކުރެވިފައިވާ ފަރާތްތަކާ ބައްދަލުކޮށްފައެވެ. އެގޮތުން ދުނިޔޭގައި އެފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ބުނާ ޕެލޭއާއި މިކެމްޕޭންގެ ޓީމުންވަނީ ބައްދަލުކޮށް އިސްލާމްދީނާއި ގުޅުންހުރި މަޢުލޫމާތު އެކުލެވެ ފޮތްތައް ހަދިޔާކޮށްފައެވެ.
ޔޫރަޕާއި އެމެރިކާގައި އެންމެ ބާރަށް ފެތުރެމުންދާ ދީނަކީ އިސްލާމް ދީނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...