ދުނިޔެ މެޗް ފެށުމުގެ ކުރިން ޤުރުއާން އަޑުއަހެމުން ހިތް ހަމަޖެހުން ގެނެސްދޭ: ބެންޒަމާ

މެޗް ފެށުމުގެ ކުރިން ޤުރުއާން އަޑުއަހެމުން ހިތް ހަމަޖެހުން ގެނެސްދޭ: ބެންޒަމާ

މެޗް ފެށުމުގެ ކުރިން ޤުރުއާން އަޑުއަހެމުން ހިތް ހަމަޖެހުން ގެނެސްދޭ: ބެންޒަމާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"މެޗް ފެށުމުގެ ކުރިން އޭނާ ޤުރުއާން އަޑުއަހާކަމަށާއި އެކަމުގެ ސަބަބުން މެޗްގެ ކުޅުން ފެށުމުގެ ކުރިން ހިތް ހަމަޖެހުން ލިބޭ" ކަމަށް ފުރާންސްގެ ފޯވަޑު ކަރީމު ބެންޒަމާ ބުނެފިއެވެ.

މިހާރު ބުރަޒިލްގައި ކުރިއަށްދާ ވޯލްޑުކަޕްގައި ފުރާންސް ގުރޫޕް މަރުހަލާގައި ކުޅުނު ތިން މެޗްގެ ތެރެއިން މޮޅުވި ދެމެޗުންގައި ބެންޒަމާ ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.

ދެވަނަ ބުރުގައި ނައިޖީރިއާ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރި މެޗުގައިވެސް ބެންޒަމާގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އަދި އެމެޗަށް އޭނަ ނިކުތީވެސް ރޯދައަށް ހުރެގެންނެވެ.

ކުރިން ޤައުމީ ޓީމުގައި ދައްކާފައިވާ މޮޅު ކުޅުމަށްވުރެ، މިހާރު ވޯލްޑުކަޕްގައި މޮޅު ކުޅުމެއް ދައްކަމުންދާކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

"އަހަރެން ކޮންމެ މެޗެއް ފެށުމުގެ ކުރިން ޤުރުއާން ކިޔަވަން. އެކަމުގެ ސބަބުން މެޗް ފެށުމުގެ ކުރިން އަހަރެންގެ ހިތައް ހަމަޖެހުން ލިބޭ" ބެންޒަމާ ބުންޏެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.