ދުނިޔެ ތުރުކީގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް ޢުރުދުޣާން އިޢުލާންކުރަށްވައިފި

ތުރުކީގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް ޢުރުދުޣާން އިޢުލާންކުރަށްވައިފި

ތުރުކީގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް ޢުރުދުޣާން އިޢުލާންކުރަށްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތުރުކީ ވިލާތުގެ ވެރިކަން ކުރާ ޖަސްޓިސް އެންޑު ޑިވްލަޕްމެންޓު ޕާޓީ (އާކް ޕާޓީ) ގެ ރިޔާސީ ކެނޑިޑޭޓަކީ ބޮޑުވަޒީރު ރަޖަބު ޠައްޔިބު ޢުރުދުޣާން ކަމުގައި އެޕާޓީއިން މިއަދު އިޢުލާންކޮށްފިއެވެ.

އާކް ޕާޓީއިން އެޕާޓީގެ ނިންމުން އިޢުލާން ކުރުމަށް އަންކާރާގެ ވިޔަފާރިއާއި ބެހޭ އެގުޒިބިޝަންގެ ކޮންފަރެންސް ހޯލްގައި ބޭއްވި ބައްދަލުވުމަށް 4000 ފަރާތަކަށް ދައުވަތު ދެއްވައިގެން ވަޑައިގެންނެވިއެވެ. އަދި ހަފުލާ ކަވަރ ކުރުމަށް 250 ޖާނަލިސްޓުން ބައިވެރިވިއެވެ. މިއީ ތުރުކީގައި ރިޔާސީ ކެނޑިޑޭޓަކަ އިޢުލާންކުރުމަށް ބޭއްވި އެންމެ ކުލަގަދަ ހަފުލާއެވެ.

ތުރުކީގެ ސިޔާސީ ޙަޔާތުގައި ޢުރުދުޣާންއަކީ އެންމެ ބޮޑަށް ފާޑު ކިޔުންތައް އަމާޒުވި އެއް ސިޔާސީ ލީޑަރެވެ. އަދި އެއީ މުސްޠަފާ ކަމާލު އަތާތުރުކަށްފަހު ތުރުކީގެ އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ލީޑަރެވެ.

2002 ވަނަ އަރުން ފެށިގެން ތުރުކީގެ ވެރިކަން ކުރަމުން އަންނަ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއަކީ ޢުރުދުޣާން އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕަޓީއެކެވެ. މިވަގުތު އެޕާޓީގެ ލީޑަރަކީވެސް ޢުރުދުޣާންއެވެ.

އޯގަސްޓު 10 ގައި ބާއްވާ ރިޔަސީ އިންތިޚާބަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ރައީސްއަކު ހޮވުމަށް ތުރުކީގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.