ދުނިޔެ އިރާޤުގެ ބައެއް ރަށްތަކާއި ސީރިއާއިން ބައެއްގައި އިސްލާމީ ޚިލާފަތް އިޢުލާން ކުރިކަމަށް އައިއެސްއައިއެލްއިން ހާމަކޮށްފި

އިރާޤުގެ ބައެއް ރަށްތަކާއި ސީރިއާއިން ބައެއްގައި އިސްލާމީ ޚިލާފަތް އިޢުލާން ކުރިކަމަށް އައިއެސްއައިއެލްއިން ހާމަކޮށްފި

އިރާޤުގެ ބައެއް ރަށްތަކާއި ސީރިއާއިން ބައެއްގައި އިސްލާމީ ޚިލާފަތް އިޢުލާން ކުރިކަމަށް އައިއެސްއައިއެލްއިން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދަ އިސްލާމިކް ސްޓޭޓް އޮފް އިރާޤު އެންޑު ލެވެންޓުގެ ނަމުގައި އިރާޤުގެ ބައެއް ރަށްތަކާއި ސީރިއާގެ ބައެއް ރަށްރަށް ހިފައިގެން އުޅޭ ޖަމާޢަތުން ޚިލާފަތް އިޢުލާންކޮށް އެޚިލާފަތުގެ ޚަލީފާއަކީ ޢަބޫބަކުރު އަލްބަޣުދަދީ ކަމުގައި ޢިޢުލާންކޮށްފިއެވެ.

އައިއެސްއައިއެލް ތަރުޖަމާން އަބޫ މުޙައްމަދު އަލްއަދުނާނީ ޓުވިޓާރގައި ޢާއްމުކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި ބުނެފައިވަނީ ހުރިހާ މުޖާހިދުންނަށް 'އެޚިލާފަތުގެ' ހިމާޔަތުގައި ތެދުވުމަށް ގޮވާލާކަމަށެވެ.

އެޖަމަޢަތުން އިނގިރޭސި ބަހުގެ އިތުރުންނާއި އެހެނިހެން ބަސްބަހުންވެސް ޢާއްމުކޮށްފައިވާ ރަސްމީ ޑޮކިޔުމެންޓެއްގައި ބުނެފައިވަނީ އަލްބަޣުދާދީ އަކީ މިހާރު 'އިސްލާމީ އުންމަތުގެ ޚަލީފާ' ކަމަށާއި އެއީ މިހާރު ޚަލީފާ އިބްރާހިމް ކަމަށެވެ.

އަދި އިތުރަށް އެޑެކިޔުމެންޓުގައި ބުނެފައިވަނީ ޢިލްމުވެރިން ޚަލީފާއެއްގެ ކިބައިގައި ހުންނަން ޖެހޭނެކަމަށް ބުނާ ހުރިހާ ސިފަތަކެއް ބަޣުދާދީގެ ކިބައިގައި ފުރިހަމަވެފައިވާ ކަމަށެވެ.

އައިއެސްއެލްއިންވަނީ އިރާޤް އެންޑު ލެވަންޓު މިނަންވެސް އެޖަމާޢަތުގެ ނަމުން އުނިކޮށް މިހާރުގެ ނަމަކީ އިސްލާމީ ސްޓޭޓުކަމަށްވަނީ އިޢުލާންކޮށްފައެވެ.

"ފަރުދާ ކަޝްފުވެ ތެދު މިވަނީ ހާމަކޮށް ސާފުވެފައި. ހަމަޔަޤީނުންވެސް މިއީ ހުރިހާ މުސްލިމުންގެ ޚިލާފަތް. މިއީ މުސްލިމުންގެ ރަސްމީ ދައުލަތް މައިބަފައިން މަރުވެފައިވާ ޔަތީމު ކުދިންނާއި ފިރިމަރުވެ ހުވަފަތްވެފައިވާ އަންހެނުންނާއި ފަގީރުކަމުގައި ދިރިއުޅޭ މީހުންގެ ދައުލަތް މިކަމަށް ސަޕޯޓު ކުރާނަމަ މިއީ އެބަޔަކަށް އެންމެ ރަނގަޅުގޮތް" އައިއެސްއައިއެލްއިން ނެރެފައިވާ ޑޮކިޔުމެންޓުގައި ބުނެފައިވެއެވެ.

އައިއެސްއައިއެލްއިންވަނީ ހުރިހާ މުސްލިމުންނަށް މިޚިލާފަތުގެ ދަށަށް އައުމަށް ގޮވާލައްވޗާފައެވެ. އަދި މިއީ ހުރިހާ މުސްލިމުންގެ މައްޗަށް ވާޖިބެއް ކަމަށާއި އެންމެ ރަނގަޅުގޮތް ކަމަށް ބުނެފައެވެ.

އައިއެސްއެލްގެ ބާރުގެ ދަށުގައި މިހާރު އޮތީ އިރާޤުގެ ދެވަނައަށް އެންމެ ބޮޑު އެއް ސިޓީކަމުގައިވާ މުސަލްއާއި ތިކްރިތާއި ތަލްއަފަރުގެ އިތުރުން އަލްޤައިމްއައި ރަވާހްއާއި އާނާހުއާއި ރަތުބާ އަދި އަންބަރު ޕްރޮވިންސްގެ ހުޅަނގުން އޮންނަ ހަދީޘާވެސް ކޮންޓުރޯލް ކުރަނީ އައިއެސްއައިއެލްއިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.