ދުނިޔެ ޢިރާގު ސަރުކާރުން އަސްކަރީ މަތިންދާބޯޓްތަކެއް ގަނެފި

ޢިރާގު ސަރުކާރުން އަސްކަރީ މަތިންދާބޯޓްތަކެއް ގަނެފި

ޢިރާގު ސަރުކާރުން އަސްކަރީ މަތިންދާބޯޓްތަކެއް ގަނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢިރާގުގެ ސަރުކާރުން އަސްކަރީ ގޮތުން ބޭނުންކުރުމަށް ފައިޓާޖެޓްތަކެއް ގަނެފިއެވެ.

ނޫސްރިޕޯޓްތައް ބުނާގޮތުން ރަޝިއާގައި އުފައްދައިފައިވާ ފަސް އަސްކަރީ މަތިންދާބޯޓް އިއްޔެ (ހޮނިހިރު) ވަނީ ބަޣްދާދަށް ގެނެސްފައެވެ. މި މަތިންދާބޯޓް ތަކަކީ ކުރިން ރަޝިއާއިން ބޭނުންކޮށްފައިވާ މަތިންދާބޯޓް ތަކެކެވެ. ޢިރާގުން ގަނެގެން އުޅެނީ "ސުކްހޮއި - 25" ނަމަކަށް ކިޔާ އަސްކަރީ މަތިންދާ ބޯޓްތަކެއް ކަމަށް ވެއެވެ.

އިރާގު ސަރުކާރުން މި މަތިންދާބޯޓްތައް ރަޝިއާއިން ގަތުމުން އެމެރިކާއާއި އިރާގުގެ ގުޅުމަށްވެސް އަސަރުކޮށްފާނެކަމަށް މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެމެރިކާއިން ވަނީ އިރާގަށް އެފް16 މަރުކާގެ 34މަތިންދާބޯޓް ދިނުމަށް ވައުދުވެފައެވެ. ނަމަވެސް ޢިރާގު ސަރުކާރުން ވަނީ އެމެރިކާއިން މި މަތިންދާ ބޯޓުތައް ފޯރުކޮށްދޭލެއް ލަސްކަމަށް މީގެ ކުރިން ބުނެފައެވެ.

މި މަތިންދާ ބޯޓުތައް ޢިރާގު ސަރުކާރުން ގަތީ ޢިރާގުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ސުންނީ މުސްލިމް ޖަމާޢަތާ ދެކޮޅަށް ބޭނުންކުރުމަށް ކަމަށްވެއެވެ. އިރާގުގެ އަސްކަރިއްޔާއިން ވަނީ މި ޖެޓްތައް ހެނގަރަށް ގެންދާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއްވެސް ޢާންމުކޮށްފައެވެ. ނަމަވެސް މި ޖެޓްތައް އަސްކަރީ ބޭނުންތަކަށް ބޭނުންކުރުމަށް އަދި ތިން ހަތަރުދުވަހެއް ނަގާނެކަމަށް ޢިރާގުގެ އަސްކަރިއްޔާގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާބުނެއެވެ.

ޢިރާގުގައި އޮންނަ ނޫރީ އަލް މާލިކީގެ ވެރިކަމަކީ ޝިޢައީންގެ ނުފޫޒާއި ބާރު އޮންނަވެރިކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.