ރިޕޯޓް މޮޅު ޚިޔާލެއް ބޭނުންނަމަ

މޮޅު ޚިޔާލެއް ބޭނުންނަމަ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: މުޙައްމަދު ޝާފިޢު

ކޮންމެކަމެއް ކުރުމުގައިވެސް އެކަމެއް ވީހާ ރަނގަޅަށް އަދި ފަސޭހަކަމާއެކު ކުރުމަށްޓަކައި މޮޅު ޚިޔާލު ބޭނުންވެއެވެ. މަޤްޞަދުތައް ޙާޞިލްކުރުމަށާއި، މަސައްކަތްތައް ނިންމުމަށްޓަކައި އެކަންތައްތައް ފަސޭހަކަމާއެކު ކުރާނޭ ގޮތުގެ ތަޞައްވަރެއް އޮންނަންޖެހެއެވެ.
މޮޅު ޚިޔާލެއް ބޭނުންނަމަ އެތައް ބައިވަރު ޚިޔާލުތަކެއް އެއްކުރާށެވެ. އެއަށްފަހު އެއްކުރި ހުރިހާ ޚިޔާލުތަކެއްގެ ތެރެއިން އެންމެ އޮއްޓަރު ހުރި، އެންމެ މުނާސަބު ޚިޔާލެއް ހޮވާށެވެ. އެހެންކަމުން މޮޅު ޚިޔާލުތައް ލިބެން އޮތީ މަޝްވަރާކޮށްގެންނެވެ. މަޝްވަރާގެ އުޞޫލަކީ އިންސާނުންގެ ކަންކަން ނިންމުމުގައި ބޭނުންކުރުމަށްޓަކައި، އިންސާނުން އުފެއްދެވި ފަރާތުންވެސް އަންގަވާފައިވާ އުޞޫލެކެވެ.
އޮފީހެއްގައި މަސައްކަތްކުރާ ވެރިޔަކު، އޭނާ އަމިއްލައަށް އެކަނި ނިންމާ ނިންމުމަކަށްވުރެ، އޭނާގެ މުވައްޒަފުންނާ މަޝްވަރާކޮށްފައި ނިންމާ ނިންމުމެއް މުވައްޒަފުންގެ ކުރިމަތީގައި މާބޮޑަށްވެސް ރަނގަޅުވުން އެކަށީގެންވެއެވެ.
ކިތަންމެ އާދައިގެ މީހަކަށްވެސް މޮޅު ޚިޔާލެއް ދެވިދާނެއެވެ.
މޮޅު ޚިޔާލުތައް ކަންކަން ފަސޭހަކަމާއެކު ކުރުމުގައި އަދި ވަޤުތު ސަލާމަތްކުރުމުގައި އެހީތެރިވެދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.