ސްރީލަންކާގެ ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުން އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޖަރީމާ ހުއްޓުވުމަށް އެޤައުމުގެ މުސްލިމުން އެހީއަށް އެދި އާދޭސްކުރަމުންދާކަމަށް އޮންއިސްލާމް ވެބްސައިޓުން ބުނެފިއެވެ.
ސްރީލަންކާގެ މުސްލިމަކު އެވެބްސައިޓަށް ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައިވަނީ ސްރީލަންކާގެ މުސްލިމުން މިހާރު އުޅެމުންދަނީ ވަރަށް ހިތްދަތި ހާލަތެއްގައި ކަމަށާއި ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުންގެ އަނިޔާވެރިކަމުގައި މުސްލިމުންގެ ތެރެއިން 3 މީހަކު ޤަތުލުކޮށް 80 މީހުން ޒަޚަމް ކޮށްލާފައިވާ ކަމަށެވެ.
ބުޑިސްޓުން ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިސްކިތްތަކާއި މުސްލިމުންގެ ގޮދޮރާއި ފިހާރަތަކަށް ގެއްލުންތައް ދަނީ ދެމުންނެވެ. އަދި މިހަމަނުޖެހުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަމަށް އެސަރަހައްދުގައި ދިރިއުޅެމުންދާ މުސްލިމުން ބުނެއެވެ.
ސްރީލަންކާގެ މުސްލިމް ކައުންސިލްގެ ތަރުޖަމާނު ހިލްމީ އަހުމަދު ވިދާޅުވީ ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުން 3 މިސްކިތަކާއި މުސްލިމުން ހިންގާ 09 ފިހާރައެއްގެ އިތުރުން މުސްލިމުން ދިރިއުޅޭ 40 ގެއަކަށް ގެއްލުން ދީފައިވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...