ދުނިޔެ "ބަޣާވާތަށް ފަހު" މުރުސީއަށް ސަޕޯޓުކުރާ 197 ދަރިވަރަކު މަރާލައިފައިވޭ

"ބަޣާވާތަށް ފަހު" މުރުސީއަށް ސަޕޯޓުކުރާ 197 ދަރިވަރަކު މަރާލައިފައިވޭ

"ބަޣާވާތަށް ފަހު" މުރުސީއަށް ސަޕޯޓުކުރާ 197 ދަރިވަރަކު މަރާލައިފައިވޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިޞްރުގައި ފުރަތަމަ ބޭއްވުނު ޑިމޮކުރެޓިކް އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް އަލްހާފިޡު ޑރ. މުޙައްމަދު މުރުސީގެ ވެރިކަން މިދިޔަ އަހަރު ޖުލައި މަހު 3 ގައި "ބާޣާވާތަކުން" ވައްޓާލުމަށްފަހު މުރުސީއަށް ސަޕޯޓުކުރާ ދަރިވަރުންގެ ތެރެއިން 197 ދަރިވަރަކު މަރާލާފައިވާކަމަށް ޕްރޯ މުރުސީ ފުރީޑަމް ސްޓޭޑެންޓުސް އޮބްޒަވޭޓުރީގެ ފަރާތުން ނެރުނު ރިޕޯޓުން ހަމާވެއްޖެއެވެ.

އެރިޕޯޓުގައި ބުނެފައިވަނީ "ބަޣާވާތަކުން" މިޞްރުގެ ވެރިކަން ބަދަލުކުރުމަށްފަހު ހިނގި ހަމަނުޖެހުންތަކުގައި މަރާލާފައިވާ ދަރިވަރުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ އަޒުހަރު ޔުނިވަސިޓީގައި އެންމެ ދުވަސްވީ ފާހަގަ ކުރެވޭ ދަރިވަރުންކަމަށެވެ. އެއީ 74 ހަތަރު ދަރިވަރުންކަމަށާއި އޭގޭތެރޭގައި ދެ އަންހެން ދަރިވަރުންވެސް ހިމެނޭކަމަށެވެ.

މިދަރިވަރުންތައް މަރާލައިފައިވަނީ ކުރި މުޒާހަރާތައް ހުއްޓުވަން އަސްކަރިއްޔާއިން މަސައްކަތް ކުރުމުން މުޒާހަރާ ކުރާ ޢާއްމުންނާއި އަސްކަރިއްޔާއާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައެވެ.

މިރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އިތުރު 1812 ދަރިވަރުންވަނީ އެމުއްދަތުގައި ހައްޔަރުކޮށްފައިކަމަށެވެ. އޭގެތެރޭގައި 33 އަންހެން ދަރިވަރުންވެސް ހިމެނޭކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ހައްޔަރު ކުރި ދަރިވަރުންގެ ތެރެއިން 380 ދަރިވަރުންނަށްވަނީ އެކި އަދަބު ދިނުމަށް ޙުކުމްކޮށްފައެވެ. އޭގެ ތެރޭގައި ޑިގުރީގެ އެންމެ ފަހު މަރުހަލާގައި ކިޔަވަމުންދާ 54 ދަރިވަރުން ހިމެނޭކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ބާކީ ތިބި ދަރިވަރުންގެ ޝަރީޢަތުގެ މަރުހަލާ ދަނީ ކުރިއަށެވެ. ދަރިވަރުންގެ މައްޗަށް އުފުލަނީ ލޭއޮހޮރުވުމާއި ހަމަނުޖެހުން ހިންގި ކަމުގެ ދުއުވާއެވެ.

މިރިޕޯޓުގައި ބުނެފައިވަނީ  13 ދަރިވަރަކު ޢުމުރަށް ޖަލަށް ލުމަށް މިޞްރުގެ ކޯޓުތަކުން ޙުކުމްކޮށްފައިވާ ކަމަށެވެ. ބާކީތިބި ދަރިވަރުންނަށްވެސް އެކިއަހަރު އަހަރުން ޖަލުގެ ޙުކުމް އައިސްފައިވާ ކަމަށެވެ. އެގޮތުން ޖަލަށް ލުމަށް ޙުކުމް ކުރެވުނު ދަރިވަރުންގެ ޙުކުމްތައް އެއްކޮށްލުމުން 1721 އަހަރަށް ދަރިވަރުން ޖަލުގަ ހޭދަ ކުރަން ޖެހޭނެކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ބައެއް ދަރިވަރުންނަށް އަދަބެއްގެ ގޮތުން ޖުރީމަނާކޮށްފައިވާ ކަމަށާއި ދަރިވަރުންގެ ޖޫރިމަނާގެ ޢަދަދު އެއްކޮށްލުމުން 745،000 އެމެރިކާ ޑޮލަރަށް އަރާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރު ޖުލައިމަހު މިޞްރުގެ ވެރިކަން "ބަޣާވާތަކުން" ބަދަލުވުމަށްފަހު ގިނަ ޢަދަދެއްގެ ދަރިވަރުންވަނީ "ބަޣާވާތުގެ" ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފައެވެ. ސެޕްޓެމްބަރުމަހު ދިރާސީ އަހަރު ފެށުމާއެކު މިޞްރުގެ ގިނަ ޢަދެއްގެ ޔުނިވސިޓީގެ ދަރިވަރުންވަނީ މަގުތަކަށް ނިކުމެ ސިލްސިލާ މުޒާހަރާތަކެއްކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.