އިސްރާއީލް ޖަލުތަކުގައިތިބި ފަލަސްޠީނުގެ ގައިދީން ކުރަމުންގެންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓުވައި ގަދަކަމުން ކާން ދިނުމަށް އިސްރާއީލްގެ މެޑިކަލް އެސޯސިއޭޝަނުން ދެކޮޅު ހަދައިފިއެވެ.
އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުން މިއަދު ވަނީ އިސްރާއީލް ޖަލުތަކުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ހަދަމުންދާ ގައީދީންނަށް ގަދަކަމުން ކާންދިނުމާއިގުލޭ ބިލްގެ ފުރަތަމަ ކިޔުން ފާސްކޮށްފައެވެ.
މިކަމާ ގުޅިގެން އިސްރާއީލްގެ މެޑިކަލް އެސޯސިއޭޝަންގެ ރައީސް ލިއަނޯޑު އެޑެލްމެން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލްގެ ޑޮކުޓަރުން ޤައިދީންގެ ޙައްޤުތަކަށް އިހުތިރާމުކުރާ ކަމަށާއި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރިއަށް ގެންދިއުމުގެ ޙައްޤު ގައިދީންނަށް ލިބިގެންވާ ކަމަށެވެ.
"ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގައި ކުރިއަށް ދިއުމަށް ޤައިދީން ނިންމި ނިންމުމަށް އަޅުގަނޑުމެން އިހްތިރާމުކުރަން.. ޑޮކުޓަރުން މަސައްކަތް ކުރަންޖެހޭނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރާ ފަރާތްތައް ފުރާނަ ސަލާމަތްކުރުމަށްޓަކައި.. ގައިދީންތަކެއް ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގައި ކުރިއަށްދަނިކޮށް ގަދަކަމުން ކާންދިނުމަކީ އެތިކުސްއާއިވެސް ޚިލަފުކަމެއް" އެޑުލްމެން ވިދާޅުވިއެވެ.
މިބިލް ޤާނޫނަކަށް ހެދުމަށްޓަކައި ދެފަހަރުމަތިން އިސްރާއިލްގެ ޤާނުނުހަދާ މަޖިލީހުން ފާސް ކުރަންޖެހޭނެއެވެ.
މިއީ އިސްރާއީލްގެ ޖަލުތަކުގައި ޝަރީޢަތަކާ ނުލައި ހައްޔަރުކޮށްފައިތިބި ގައިދީން ދުކޮށްލުމަށް ގޮވާލާ ކުރިއަށްގެންދާ ހަޅުތާލެކެވެ. މިހަޅުތާލުގައި 5200 ގައިދީއަކު ބައިވެރިވެއެވެ. މިއީ އެހަޅުތާލު ކުރިއަށްގެންދާ 7 ވަނަ ހަފުތާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...