ދުނިޔެ އިސްލާމް ދީނާއި މެދު ޗެކްރިޕަބުލިކްގެ ރައީސް ކުރި ތުހުމަތުތަކަށް މާފަށް ނޭދޭނެކަމަށް ބުނެފި

އިސްލާމް ދީނާއި މެދު ޗެކްރިޕަބުލިކްގެ ރައީސް ކުރި ތުހުމަތުތަކަށް މާފަށް ނޭދޭނެކަމަށް ބުނެފި

އިސްލާމް ދީނާއި މެދު ޗެކްރިޕަބުލިކްގެ ރައީސް ކުރި ތުހުމަތުތަކަށް މާފަށް ނޭދޭނެކަމަށް ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމް ދީނާއި ބެހޭގޮތުން ޗެކްރިޕަބުލިކްގެ ރައީސް މިލޯސް ޒެމަން ދެއްކި ވާހަކަތަކަށް މާފަށް ނޭދޭނެކަމަށް އޭނާގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާން ޖޯޖު އޮވްކާސެކް ބުނެފިއެވެ.

މެއި މަހު 27 ވަނަ ދުވަހު އިސްރާއީލްގެ މިނިވަން ދުވަސް ފާހަގަކުރުމަށްކަމަށް ބުނެ ޗެކުރިޕަބުލިކުގެ ޕެރަގޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޒެމަންވަނީ އިސްލާމް ދީނައި ގުޅޭގޮތުން ބާޠިލް ތުހުމަތުތަކެއް ކޮށްފައެވެ.

މިކަމާ ގުޅިގެން އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޯއިސީއިން ވަނީ ޒެމަން މާފަށް އެދެން ޖެހޭނެކަމަށް ބުނެފައެވެ.

ޒެމެން ވަނީ އިސްލާމް ދީނަކީ ލޭ އޮހޮރުވުމާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ ދީނެއްކަމަށް ބުނެފައެވެ. އެގޮތުން އޭނާވަނީ ބަޔަކު ބުރަސަލްގައި ހުންނަ ޔަހޫދީންގެ ދާރުލްއާސާރަކަށް ދެވުނު ޙަމަލާ މުސްލިމުންނަށް ނިސްބަތްކޮށްފައެވެ.

"ރައީސް އެކަމަކަށް މާފަކަށް ނޭދޭނެ. ސަބަބަކީ ރައިސް ވާހަކަ ދެއްކީ އެމީހުންގެ ފޮތުގައި އެމީހުންގެ ކަލާންގެ ދައްކާފައިވާ ވާހަކަތައް އިޝާރާތްކޮށް" އޮވްކާސެކު ބުންޏެވެ.

ޒެމެންގެ މިވާހަކަތަކާއި ގުޅިގެން އޯއިސީގެ ސެކެޓރީ ޖެނަރަލް ޢިޔާދު ބިން އަމީން މަދަނީވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.