ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ދުނިޔޭގެ ރެކޯރޑް ފޮތުން ޖާގަ ހޯދުމަށް ނޭޕާލްގެ ރައްޔިތުންތަކެއް ގަހުގައި ބައްދައިފިއެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ބޭރުންއޮންނަ ޕާރަކެއްގައި ހިންގި މި ހަރަކާތުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ބައިވެރި ވެފައިވެއެވެ. މި ކެމްޕެއިންއަށް ހިތްވަރު ދިނުމުގެ ގޮތުން ނޭޕާލްގެ ޤާނޫނު ހަދާ މަޖުލީހުގެ 20 މެންބަރަކުވެސް ވަނީ މިހަރަކާތުގައި ބައިވެރިވެފައެވެ.
މިހަރަކާތް ފެށުމުގެ ގޮތުން ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ދުންމާރި ފުމެލުމުން ހަރަކާތުގެ ބައިވެރިންވަނީ 2 މިނެޓް ވަންދެން ގަހުގެ ގަސްގަނޑުގައި ބައްދައިގެން ތިބެފައެވެ.
މިހަރަކާތް އިންތިޒާމްކުރި ފަރާތުން ހާމަކުރާ ގޮތުގައި އެމީހުން މިހާރު ތައްޔާރުވަމުން ގެންދަނީ ރެކޯރޑް ފޮތުގައި އެކަން ހިމެނުމަށް ހުަށަހެޅުމަށް ތައްޔާރުވަމުންނެވެ.
އެއްފަހަރާ އެންމެ ގިނަ މީހުން ގަހުގައި ބެއްދުމުގެ ރެކޯރޑް މީގެ ކުރިން ހަދާފައިވަނީ އެމެރިކާގެ އޮރެގަން ސްޓޭޓްގެ މީހުންނެވެ. 2013 ޖުލައި މަހު ހެދި މިރެކޯރޑްގައި 936 މީހުން ބައިވެރި ވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...