ދުނިޔެ ވޯލްޑު ކަޕްގައި އަލްޖީރިއާ ޓީމު ކޭމްޕް ކުރާ ހޮޓަލުން ޤުރުއާން މުސްހަފު ފޯރުކޮށްދިނުމަށް އެޓީމުން އެދެފި

ވޯލްޑު ކަޕްގައި އަލްޖީރިއާ ޓީމު ކޭމްޕް ކުރާ ހޮޓަލުން ޤުރުއާން މުސްހަފު ފޯރުކޮށްދިނުމަށް އެޓީމުން އެދެފި

ވޯލްޑު ކަޕްގައި އަލްޖީރިއާ ޓީމު ކޭމްޕް ކުރާ ހޮޓަލުން ޤުރުއާން މުސްހަފު ފޯރުކޮށްދިނުމަށް އެޓީމުން އެދެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިމަހު 12 އިން އަންނަ މަހު 13 އަށް ބުރަޒިލްގައި ކުރިއަށްދާ 20 ވަނަ ވޯލްޑު ކަޕްގައި ޓީމުތައް ކޭމްޕް ކުރާ ހޮޓާތަކުން އެކި ޚިދުމަތްތައް ލިބެންޖެހޭނެކަމަށް ބައެއް ޓީމުތަކުން ވަނީ ޑިމާންޑު ކޮށްފައެވެ. އެގޮތުން ވޯލްޑުކަޕަށްދާ އެފްރިކާ ބައްރުގެ މުސްލިމު ޤައުމެއްކަމުގައިވާ އަލްޖީރިއާއިން ޑިމާޑު ކޮށްފައިވަނީ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުން ތިބޭ ރޫމުން ޤުރުއާނުގެ މުސްހަފު ލިބެންޖެހޭނެކަމަށެވެ.

ބުރަޒިލްގެ ބައެއް ނޫސްތަކާއި ހަވާލަދީ އެސްބީ ނޭޝަންއިންވަނީ ޓީމުތައް ޑިމާޑު ކޮށްފައިވާ ކަންތައްތައް ހާމަކޮށްފައެވެ. ފުރާންސްގެ ޤައުމީ ފުޓުބޯޅަ ޓީމުން ޑިމާންޑުކޮށްފައިވަނީ ހަރު ސައިބޯނީގެ ބަދަލުގައި ދިޔާ ސައިބޯނި ލިބެންޖެހޭނެކަމަށެވެ.

އޮސްޓުރޭލއާއިން ޑިމާޑުކޮށްފައިވަނީ ކުޅުންތެރިންނަށް ޚާއްޞާ ކޮފީ ސްޓޭޝަނެއް ހުންނަން ޖެހޭނެކަމަށާއި އެތަނުން ދުނިޔޭގައި ނިކުންނަ ބޮޑެތި ނޫސްތަކުގެ ނޫސް ލިބެން ޖެހޭނެކަމަށެވެ.

އިކުއެޑޯ ޓީމުން ޑިމާންޑުކޮށްފައިވަނީ ކޮންމެ ދުވަހަކުވެސް ދޮންކެޔޮ ވަށިގަނޑެއް ލިބެންޖެހޭނެކަމަށާއި އެދޮންކޮޔޮ ވާންޖެހޭނީ އިކުއެޑޯގެ ދަނޑުތަކުގައި ހައްދަ ދޮންކޭލަކަމަށް ޝަރުތުކޮށްފައިވެއެވެ.

ކޮލަމްބިއާ ޓީމުން ވަނީ ކޮލަމްބިއާ ޓީމު ޕްރެކްޓިސް ކުރާއިރު ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ބުރަޒިލްގެ ކުލަބު ސައުޕޯލާގެ ޒުވާން ޓީމުގެ 15 ކުޅުންތެރިން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ޑިމާންޑު ކޮށްފައެވެ.

ސުވިޒަލޭންޑުން ޑިމާންޑުކޮށްފައިވަނީ ބީޗް ސްޓޫޑިއޯއެއް ހުންނަން ޖެހޭނެކަމަށެވެ. އެއީ އެކިއެކި ޓީމުތަކަށް އިންޓަވިއު ދީ ހެދުމަށެވެ.

ޕޯޗްގަލްގެ ފުޓުބޯޅަ އިދާރާއިންވަނީ ހަ ބޮޑީގަޑން ލިބެންޖެހޭނެކަމަށާއި އޭގެ ތެރެއިން ހަތަރު ބޯޑިގާޑުން ރޮނާލްޑޯގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތިބެންޖެހޭނެ ޑިމާންޑުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.