މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާއިން އެޤައުމުގެ ރައީސަކަށް މިސްރު ސިފައިންގެ ކުރީގެ ވެރިޔާ އަބްދުލްފައްތާޙް އައްސީސީ އިންތިހާބުވެއްޖެއެވެ.
މިޞްރުގެ އިންތިހާބުތަކާއި ބެހޭ އެންމެ މަތީ ކޮމިޓީއިން ހާމަކުރި ދާއިމީ ނަތީޖާ ދައްކާގޮތުން %96.91 ވޯޓް ލިބި އިންތިހާބު ކާމިޔާބުކޮށްފައިވަނީ ސީސީއެވެ. ސީސީއާއި ވާދަކުރި ހަމައެކަނި ކެނޑިޑޭޓް ހަމްދީން ސަބާހީ އަށް ލިބިފައިވަނީ %3.9 ވޯޓެވެ.
އިންތިހާބުގެ ނުރަސްމީ ނަތީޖާތައް ދައްކާގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 55 އިންސައްތަ މީހުން މިއިންތިހާބުގައި ވޯޓުލުމުގައި ބައިވެރިވެފައި ނުވެއެވެ. ޥޯޓުލާން ނިކުތް މީހުންގެ އަދަދު މަދުކަމުން މިސްރުގެ އިންތިޚާބުތަކާ ބެހޭ އެންމެ މަތީ ކޮމިޓީން ވަނީ ވޯޓުލުމަށް އެއް ދުވަސްވެސް އިތުރުކޮށްފަ އެވެ.
މިޞްރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ސީސީއަކީ މިޞްރުގައި ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިހާބުވީ ފުރަތަމަ ރައީސް ޑރ މުރްސީ ބަޣާވާތަކުން ވެރިކަމުން ދުރުކުރުމުގައި އިސްވެހުރި ފަރާތެވެ. މުރްސީގެ ވެރިކަމަށްފަހުގައި ޑރ މުރްސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލް މުސްލިމޫންގެ މެމްބަރުންނާއި އެޖަމާއަތަށް ތާއީދުކުރާ ފަރާތްތަކާއި ދެކޮޅަށް ސީސީ އިސްވެހުރެވަނީ އެތައް ލާއިންސާނީ އަމަލު ތަކާއި ލޭއޮހޮރުވުންތަކެއް ހިންގާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...