ދުނިޔެ ޣައިރު ޤާނޫނީ ދައުލަތެއް ބަލައެއް ނުގަނެވޭނެ: ހަމާސް

ޣައިރު ޤާނޫނީ ދައުލަތެއް ބަލައެއް ނުގަނެވޭނެ: ހަމާސް

ޣައިރު ޤާނޫނީ ދައުލަތެއް ބަލައެއް ނުގަނެވޭނެ: ހަމާސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބައިނަލްޢާޤުވާމީ ޗާޓަރުތަކާއި ޚިލާފަށް އފެދިފައިވާ އިސްރާލަކީ ޣައިރު ޤާނޫނީ ދައުލަތެއްކަމަށާއި ޣައިރު ޤާނޫނީ ދައުލަތެއް ބަލައި ނުގަނެވޭނެކަމަށް ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާޢަތުންބުނެފިއެވެ.

ޣައްޒާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމއްގައި ހަމާސް ޖަމާޢާތުގެ ޑެޕިއުޓީ ލީޑަރު މޫސަ އަބޫ މަރުޒޫޤު ވިދާޅުވީ ދާދިފަހުން ފަލަސްޠީންގެ ފަތަހަ ޖަމާޢަތާއިދެމެދު ވެވުނު އެއްބަސްވުގައި ހަމަސްއިން އިސްރާއީލް ބަލައިގަންނަޖެހޭ ނުކުތާއެއް ނޯންނާނެކަމަށެވެ.

"އަޅުގަނޑުމެން ޤަބޫލެއް ނުކުރަން ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާ ޒަޔަނިސްޓު ދައުލަތެއް" ނޫސް ކޮންފަރެންސުގައި މަރުޒޫގު  ވިދާޅުވިއެވެ.

2003 ވަނަ އަހަރު އެމެރިކައާއި އދ އިސްނަގައިގެން ފެށުނު ސުލްހައިގެ ވާހަކަތަކުގައި އިސްރާއިލް ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޝަރުތުކޮށް 'ކުއާޓެޓު'ގެނަމުގައި އެއްބަސްވުމެއް އެކުލަވާލައިފައިވެއެވެ.

ނަމަވެސް މަރުޒޫޤު ވިދާޅުވީ 'ކުއާޓެޓު' ގެއް އެއްބަސްވުމަކީ އެކުލަވާލެވުނު އިރުވެސް ބާޠިލް އެއްބަސްވުމެއް ކަމަށާއި އެއްބަސްވުމުން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤު ގެއްލޭކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.