ޤައުމުގެ އެތެރޭގައި ޤަޠުލްއާންމުތަކާއި ލޭއޮހޮރުވުންތައް ހިންގަމުންދާއިރު ރިޔާސީ އިންތިޚާބު އިޢުލާން ކުރުމަކީ ވެވޭ ބޮޑު އަނިޔާއެއް ކަމަށް ސީރިޔާގެ އިދިކޮޅު ފަރާތްތަކުގެ އިސްވެރިޔާ އަޙްމަދު ޖަބުރާ ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ސަބަބުން އެތަށް މިލިޔަން ބަޔަކު ރެފިއުޖީންނަށްވެ އެތަށްބައެއްގެ ގެދޮރު ގެއްލި ބިކަހާލުގައި ތިބި އިރުވެސް މިއަންނަ ޖޫންމަހުގެ 3 ވަނަ ދުވަހު ސީރިޔާގެ ރިޔާސި އިންތީޚާބު ބޭއްވުމަށް އެޤައުމުގެ ރައީސްކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބައްޝާރުލް އަސަދު ވަނީ އިޢުލާންކޮށްފައެވެ.
ރިޔާސީ އިންތީޚާބުގައި އިދިކޮޅު ފަރާތްތަކުން ދެކެނޑިޑޭޓުން ކުރިމަތިލުމަށް ފޯމު ހުށަހެޅިނަމަވެސް ސްޕްރީމް ކޯޓުންވަނީ އެނަންތައް ބާޠިލްކޮށްފައެވެ. އެއީ ކުރީގެ މަޖިލިސް ދެ މެންބަރެއްކަމުގައިވާ ޙަސަން ޢަބްދުﷲ ނޫރީއާއި މާހިރު ޢަބްދުލް ހަޖަރުއެވެ.
އެހެންކަމުން މިއިންތިޚާބު ކާމިޔާބު ކުރަނީ ސީރިޔާގެ ލޭއޮހޮރުންވުންތައް ހިންގެވުމުގައި އިސްކޮށްހުރި އެޤައުމުގެ މިހާރުގެ ރައިސްކަންވެސް ކުރަމުންދާ ބައްޝާރުލް އަސަދެވެ.
"މީގެ ތިން އަހަރު ކުރިން ސީރިޔާގެ ރައްޔިތުންވަނީ މިއިންތީޚާބު ބޮއިކޯޓުކޮށްފައި. ބައިނަލްޢަޤުވާމީ ފަރާތްތަކުންވެސް ދެމިތިބެންޖެހޭނީ ސީރިޔާގެ ރައްޔިތުންގެ ނިންމުމުގެމަތީގައި. ސަބަބަކީ މިރިޔާސީ އިންތިޚާބަކީ މިރައްޔިތުންނަށް ވެވޭ ބޮޑުއަނިޔައަކަށްވާތީ" ޖަބުރާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގެ މެދުގައި ބައިބަވުން އުފެދިފައިވާކަމަށް ދެކެވޭ ވާހަކަޔާ ގުޅޭ ގޮތުން ޖަބުރާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މެދުގައި ބައިބައިވުން އުފެދިފައިވާކަމަށް ވަހަކަ ދެކެވެމުންދަނީ އިދިކޮޅު ފަރާތްތަކުގެ މެދުގައި ތަފާތު ގޮފިތަކެއް އުފެދި އެކިގޮފިތަށް އެކި މަސައްކަތުގައި ޙަރަކާތްތެރިވާތީ ކަމަށާއި، އދިކޯލު ފަރާތްތަކުގެ މަސައްކްތިހާރު އޮތީ އެހެން މަރުހަލާއަކަށް ވާސިލް ވުމާއި ހަމައިގައިކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...