ހޮލަކާސްޓަކީ އިންސާނިއްޔަތު މިޒާމާނުގައި ދެކެފައިވާ އެންމެ ނުރައްކާތެރި ނުބައި ވިސްނުންކަމަށް ފަލަސްޠީނުގެ ރައީސް ޑރ. މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަންގެ ނާޒީންގެ ލީޑަރު އެޑެލް ހިޓުލަރ ޔަހޫދީންގެ ނުރައްކާތެރިކަން ބޮޑުވި ހިނދު 6 މިލިއަން ޔާހޫދީން މެރި ހާދިސާ ފާހަގަކުރުމަށް އިސްރާއިލްގައި އާދިއްތަ ދުވަހު ބޭއްވި ޙަފްލާއާއި ގުޅިގެން އައްބާސް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ހޮލަކާސްޓަކީ މަކރުވެރި ރޭވުންތެރި ނުބައި ވިސްނުމެއް ކަމަށެވެ.
އައްބާސް ވިދާޅުވެފައިވަނީ ހޮލަކާސްޓަކީ ޔަހޫދީން ރާވައިގެން އެމީހުންގެ ކުށެއް ނެތްކަމަށް މުޅި ދުނިޔެއަށް ވިސްނައި ދިނުމަށް ގެންގުޅެފައިވާ ވިސްނުމެއް ކަމަށާއި ނަމަވެސް ހޮލަކާސްޓަކީ އޭގެ ފަހަތުގައި ނަސްލީ ތަފާތުކުރުންތަކާއި ބޭއިންސާފު އެކުލެވިފައިވާ ވިސްނުމެއް ކަމަށެވެ.
"ފަލަސްޠީނުގެ ރައްޔިތުން ތަހަންމަލްކުރަމުންދަނީ އަނިޔާވެރިކަމާއި ބޭއިންސާފު. އެރައްޔިތުންގެ މިނިވަންކަމުގެ ޙައްޤު ވަނީ ނިގުޅައިގެންފައި. އަޅުގަނޑު ފުރަތަމަ ޑިމާންޑު މިކުރަނީ ފަލަސްޠީނުގެ ރައްޔިތުންގެ ކުރިމައްޗަށް ހުށަހަޅާފައިވާ ބޭއިންސާފާއި ނަސްލީ ތަފާތުކުރުންތަކުގެ ކަސްތޮޅުތައް ނެގުމަށް. ބޭއިންސާފާއި ނަސްލީ ތަފާތުކުރުންތައް އެއީ އަޅުގަނޑުމެން ޤަބޫލުކުރާނެ ކަންތައްތަކެއް ނޫން."
އައްބާސް ވިދާލުވެފައިވަނީ ޙައްޤުތައް ގެއްލިފައިވަނީ ކޮންބައެއްކަން މުޅި ދުނިޔެއަށް ސާފުވާން ޖެހޭނެކަމަށާއި އިސްރާއިލުންވެސް ބިނާ ކުރުވަނިވި ގޮތަކަށް މަޝްވަރާތަކުގައި ބައިވެރިވެ ފަލަސްޠީން ވެސް ދައުލަތެއްގެ ގޮތުގައި ޤަބޫލުކުރުމަށް ގޮވާލެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...