މުސްލިމް ބުރަދރހުޑުގެ ލީޑަރ މަޙައްމަދު އަލް ބަލްތާޖީ އެއް އަހަރަށް ޖަލަލުމަށް ޤާހިރާގެ ޖިނާއީ ކޯޓުން ޙުކުމްކޮށްފިއެވެ.
މިޞްރުގެ ޝަރުޢީ ދާއިރާއާއި ހަވާލާދީ އަނަޑަލޫ ނިއުސް އެޖެންސީއިން ބުނީ ބަލްތާޖީގެ މައްޗަށް އެއް އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ އިއްތިހާދިއްޔާގެ ހާދިސާއާއި ގުޅިގެންނެވެ.
އެހާދިސާއަކީ މިޞްރުގެ ރިޔާސީ ގަނޑުވަރު އިއްތިހާދިއްޔާ ކައިރީގައި، މިޞްރުގައި އެންމެ ފުރަތަމަ ޑިމޮކްރެޓީކް ހަމަތަކުގެ މަތިން އިންތިޚާބުވެވަޑައިގެންނެވި ރައީސް އަލްޙާފިޡު ޑރ. މުޙައްމަދު މުރުސީގެ ސަރުކާރާ ދެކޮޅަށް 2012 ވަނަ އަހަރު ފަހުކޮޅު ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު މަރުވި ހާދިސާއެވެ.
އަލްބަލްތާޖީގެ އިތުރުން ރިޔާސީ ގަނޑުވަރުގައި ހުންނަވަނިކޮށް "ވަގަށް ނައިގައިގެން" ހައްޔަރުކުރި މިޞްރުގެ ރައީސް މުޙައްމަދު މުރުސީއާއި މުސްލިމު ބްރަދަހުޑުގެ އިތުރު 14 މީހެއްގެ މައްޗަށް މިދައުވާ އުފުލައެވެ.
ހޮނިހިރު ދުވަހު ބޭއްވި ޝަރީޢަތުގައި، ޝަރީއަތް ފަށައިގެން ދަނިކޮށް ޝަރީޢަތް މެދުކަނޑާލައިފައިވެއެވެ. އެއީ ޝަރީޢަތުގެ މަޖިލީހުގައި ޤާނޫނީ ބައެއް ފަރާތްކުން ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކަން ފެށުމުންނެވެ. ނަމަވެސް ކޯޓުން ވަނީ އެމީހުންނަށް ވާހަކަ ނެދެއްކޭނެގޮތަށް ހެދުމަށްފަހު ޝަރީޢަތް ކުރިއަށް ގެންގޮސްފައެވެ.
އަލްބަލްތާޖީގެ މައްޗަށް ޙުކުމްކުރިއިރު، އެމައްސަލައިގައި އޭނާއާއި ގުޅުން ހުރިކަމެއް ފަނޑިޔަރުންނަށް ސާފުކޮށެއް ނޭންގެއެވެ.
މިހާދިސާގައި ޖުމުލަ 11 މީހުން މަރުވެފައިވެއެވެ. އެއީ މުސްލިމް ބުރަދަރހުޑުގެ 8 މެންބަރުންނާ އެއް ރިޕާޓަރަކާއި މުރުސީގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ދެމީހުންނެވެ.
މިމައްސލައިގެ އިތުރުން އެހެން މައްސަލަތައްވެސް އަލްބަލްތާޖީއާއި ދެކޮޅަށް އުފުލުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...