ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްޠީނުގެ ޒުވާނުންނަށް ހުކުރު ނަމާދަށް މަސްޖިދިލް އަޤުޞާއަށް ވަނުމަށް ހުރަސް އެޅުމުން މިސްކިތުގެ ބޭރުގައި ހުކުރު ނަމާދުކޮށްފިއެވެ.
މިއަދުގެ ހުކުރު ނަމާދަށް އަޤުޞާ މިސްކިތަށް މީހުން ދިޔައިރު އިސްރާއިލްގެ އަސްކަރިއްޔާގެ ޔުނިފޯމުއެޅި 100 ސިފައިންވަނީ މިސްކިތުގެ ކުރިމަތީގައި ބެރިކޭޑި ބަހައްޓައިގެން ފޯރި މަރާފައެވެ.
ހުކުރަށްދިޔަ މީހުންގެ ތެރެއިން ބެރިކޭޑި ހުރަސްކޮށް މިސްކިތަށް ވަނުމުގެ ހުއްދަ ދީފައިވަނީ 50 އަހަރުން މަތީގެ މުސްކުޅިންނަށެވެ.
ބައެއް މީޑިއާތަކުން ބުނެފައިވަނީ މަސްޖިދިލް އަޤުޞާއަށް ހުކުރަށް ދިއުމުގެ ހުއްދަ ދެވޭނީ ޤުދުޞްއިން ދޫކުރާ ނޫކުލައިގެ އައިޑީކާޑު އޮތް އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އެކަނިކަމަށް މިއަދުގެ ހެނދުނުގެ ވަރަށް ކުރީކޮޅު އިސްރާއިލުން ބުނެފައިވާ ކަމަށެވެ.
އިސްރާއިލުން ބުނެފައިވަނީ ޒުވާނުންނަށާއި 50 އަހަރުން ދަށުގެ މީހުންނަށް މިސްކިތަށް ވަނުމަށް ހުރަސްއެޅީ އިސްރާއިލާ ދެކޮޅަށް އެއްވުމެއް ބޭއްވުމަށް ރާވަމަންދާތީ ކަމަށެވެ.
ފަލަސްޠީނުން އިއްޔެ ވަނީ އިސްރާއީލް ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އަސީރުންގެ ދުވަސް ފާހަގަކޯށްފައެވެ. އެދުވަހަކީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހު އިސްރާއީލް ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 5000 އަސީރުން މިނިވަން ކުރުމަށް ގޮވާލުމުގެ ގޮތުން ފާހަގަކުރާ ދުވަހެވެ.
މަސްޖިދިލް އަޤުޞާއަށް ވަނުމަށް މުސްލިމު ޒުވާނުންނަށް ހުރަސްއެޅި އިރު އެމިސްކިތަކީ މުސްލިމުންގެ އެންމެ ހުރުމަތްތެރި ތިން މިސްކިތުގެ ތެރެއިން ތިން ވަނއަށް އެންމެ ހުރުމަތްތެރި މިސްކިތެވެ.
އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތީ 1967 ވަނަ އހަރު ކުރެވުނު މެދުއިރުމަތީގެ ހަނގުރާމައަށް ފަހުގައެވެ. އެބިންތަކަކީ ފަލަސްޠީނުގެ ރައްޔިތުންގެ ބިމެއްކަމަށް އދގެ ޗާޓަރުތަކުންވެސް ދައްކައެވެ. 1980 ވަނަ އަހަރު ޤުދުޞްއަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ދުނިޔޭގެ ވަރުގަދަ ބާރުތައް ގުޅިގެން އދ މެދުވެރިކޮށްވަނީ ނިންމާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...