އޭޕްރީލް 5 ގައި ކުރިއަށްދިޔަ އަފުޣާނިސްތާނުގެ ރިޔާސީ އިންތިޚާބު އެޤައުމުގެ ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ އަބްދުﷲ ކާމިޔާބު ކުރައްވައިފިކަމަށް މިހާތަނަށް އިޢުލާންކޮށްފައިވާ ނަތީޖާ ތަކުން ހާމަވެއްޖެއެވެ.
މިހާތަނަށް އިޢުލާކޮށްފައިވާ ނަތީޖާތަކުން ފެންނަނީ ވާދަވެރި ކެނޑިޑެޓު އަޝްރަފް ގާނީ ވަރަށް ވަދަވެރިކޮށެވެ. އެގޮތުން ޢަބްދުﷲ އަށް 41.9 އިންސައްތަ ލިބިވަޑައިގެންފައިވާއިރު އަޝްރަފް ގާނީއަށް ލިބިވަޑައިގެންފައިވަނީ 37.6 އިންސައްތައެވެ.
އަފުޣާނިސްތާނުގެ 34 ޕްރޮވިންސްގެ ތެރެއިން 26 ޕްރޮވިންސްގެ ނަތީޖާ އިޢުލާންކޮށްފައިވާއިރު މިނަތީޖާއަސް ބަދަލު އައުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އަފުޣާނިސްތާނުގެ އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޔޫސފު ނުރިސްތާނީ ވިދާޅުވިއެވެ.
މިހާތަނަށް 500 ހާސް މީހުންގެ ވޯޓު ގުނާނިމިފައިވާކަމަށާއި އެހެންކަމުން މިހާތަނަށް ކޮންމެ ޕްރޮވިންސަކުންވެސް 10 އިންސައްތަ ވޯޓު ގުނާ ނިމިފައިވާކަމަށް ކުރިސްތާނީ ވިދާޅުވިއެވެ.
އަޞްދުﷲ އާއި ގާނީ ދެމެދު އުޅެނީ 20 ހާސް ވޯޓުގެ ތަފާތެވެ.
އަނެއް ހަ ކެނޑިޑޭޓުން މިހާތަނަށް ކާމިޔާބުކޮށްފައިވަނީ ވޯޓުގެ 10 އިންސައްތައެވެ.
2009 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ހާމިދު ކަރުޒާއީއާއި ވާދަކުރައްވައި ޢަބްދުﷲ ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އެފަހަރު ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ 30.9 އިންސަތައެވެ.
ޢަބްދުﷲ އަކީ މެޑިކަލް ޑޮކުޓަރެކެވެ. ޢަބްދުﷲ ވަނީ 2001 ން 2005 ށް އަފުޣާނިސްތާނުގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...