ދުނިޔެ ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުމަށް ރަޝިއާގެ ފަރާތުން ސްނޯޑަން

ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުމަށް ރަޝިއާގެ ފަރާތުން ސްނޯޑަން

ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުމަށް ރަޝިއާގެ ފަރާތުން ސްނޯޑަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަދު ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕިއަން ޔޫނިއަންގެ ސިޔާސީ ވެރިންގެ ބައްދަލުވުމުގައި ރަޝިއާ ތަމްސީލުކޮށް ތަޤުރީރު ކުރައްވާނީ އެމެރިކާގެ ސިއައިއޭގައި ކުރިން މަސައްކަތް ކުރުމަށްފަހު އެމެރިކާގެ ސިއްރު ލިޔުންތަކެއް މުޅި ދުނިޔެއަށް އާންމުކޮށްގެން ދުނިޔޭގެ ސަމާލުކަން ހޯދި އެޑުވަޑު ސްނޯޑަންއެވެ.

ވީޑިއޯ ލިންކު މެދުވެރިކޮށް ސްނޯޑަން ތަޤުރީރު ކުރައްވަން ހަމަޖެހިފައިވަނީ ޔޫރަޕިއަން ކައުންސިލްގެ ޕާލިމެންޓުރީ އެސަމްބުލީ ފެށުމުގެ ހަވާސާ ރަސްމިއްޔާތުގައެވެ. ސްނޯޑަންގެ ތަޤުރީރުގައި ބަހުސް ކުރުމަށް ހަމަޖެހިފައިވަނީ އިންޓަނެޓު ޕްރައިވެސީއާއި ބެހޭގޮތުންކަމަށް ޔޫރަޕިއަން ޕީޕަލްސް ޕާޓީގެ ހޮލެންޑު ތަމްސީލުކުރައްވާ މެންބަރު ޕީޓަރ އޮމްޒިޓު ވިދާޅުވިއެވެ.

“އޭގެ އިތުރުން އަޅުގަނޑުމެން އުންމީދުކުރަން އޭނާގެ ތަޤުރީރުން ސްނޯޑަންގެ އެންމެ ފަހުގެ ދިރާސާތަކުގެ އަލީގައި އެންމެ އާދައިގެ މީހާވެސް އޭނާގެ ޕްރައިވަސީ ހިއްފަހައްޓާނީ ކިހިނެއްތޯ. ޔޫރަޕުން ޤައުމުތަކުގެ ސަލާމަތްތެރިކަމަށްޓަކައި ކޮންކަން ތައްތަކެއްތޯ އިތުރަށް ހަފަހަށްޓަވީ.” އޮމްޒިޓު ވިދާޅުވިއެވެ.

އަދި ހަމަ މިއަދު އިންޓަނެޓުގައި ސަލާމަތްތެރިކަން ރައްކާތެރިކަން ލިބުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. މިބައްދަލުވުމުގައި އިންޓަނެޓުގެ ޕްރައިވެސީއާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ހަމޖެހިފައިވާއިރު އެމެރިކާއިން އިންޓަނެޓު މެދުވެރިކޮށް ޔޫރަޕްގެ ގިނަ ޤައުމުތަކަކަށް ޖާސޫސްކޮށްފައިވެއެވެ.

މިފަހަރުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފްރާންސްގެ އިރުމަތީގައި އޮންނަ އެލެސްކާގެ ވެރިރަށް ސްޓުރަސްބާގުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.