ތައިލެންޑުގެ ދެކުނުގައި އޮންނަ މުސްލިމުން ދިރިއުޅޭ ޔާލާ ޕްރޮވިންސްގައި ބޮމުގެ ސިލްސިލާ ޙަމަލާތަކެއްގައި މުސްލިމުންގެ ތެރެއިން އެކަކު މަރުވެ 28 މީހުން ޒަހަމްވެއްޖެއެވެ.
އިއްޔެ ހިންގި ސިލްސިލާ ބޮމުގެ ޙަމަލާތަކުގައި 4 ބޮމެއް ގޮވާލަފައިވާ ކަމަށާއި އެގޮތުން އޭގެ ތެރެއިން އެބޮން ގޮއްވާލަފައިވަނީ ކާރެއްގެ ތެރޭގައި ފޮރުވައިގެން ގެނެސް ގިނަ އިރުތަކެއް ވީފަހުން ކަމަށް ތައިލެންޑުގެ ކްލޯނިއަލް ޕްރަމޯޓު ޕްރޮމްއިން މަޢުލޫމާތު ދެއެވެ.
ޔާލާ ޕްރޮވިންސްގެ އިތުރުން ތައިލެންޑުގެ މުސްލިމުންގެ އާބާދީ ބޮޑު އަނެއް ދެ ޕްރޮވިންސް ކަމަށްވާ ޕަތާނީއާއި ނަރަތުވާޓު ޕްރޮވިންސްގައި ދިރިއުޅޭ މުސްލިމުންނަށް 1907 ވަނަ އަހަރު ހިނގި އެންގޯލާ ސަމައިސީ ޓުރެޓަރީގެ ޙަރަކާތަށްފަހު އެތިން ޕްރޮވިންސްގައި މުސްލިމުންނާ ދެކޮޅަށް ޙަރަކާތްތައް ހިންގައެވެ.
ސަމައިސީއަކީ 1939 ގެ ކުރިން ތައިލެންޑަށް ނިސްބަތްކޮށް އުޅުނު ނަމެވެ.
މިތިން ޕްރޮވިންސްގައި މިހާތަނަށް އެންމެ ހަމަނުޖެހުން ބޮޑުވީ 1960 ވަނަ އަހަރު މިތިން ޕްރޮވިންސްގައި ހިންގާ އިސްލާމީ ސުކޫލުތަކައް ސަރުކާރުން އަތްގަދަ ކުރުމަށް މަސައްކަތް ކުރުމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...