ދުނިޔެ މަޝްވަރާއަށް ތައްޔާރު ނަމަވެސް މަޝްވަރާގެ އަގުތަކަށް އެއްބަހެއް ނޫން: އިސްރާއީލް

މަޝްވަރާއަށް ތައްޔާރު ނަމަވެސް މަޝްވަރާގެ އަގުތަކަށް އެއްބަހެއް ނޫން: އިސްރާއީލް

މަޝްވަރާއަށް ތައްޔާރު ނަމަވެސް މަޝްވަރާގެ އަގުތަކަށް އެއްބަހެއް ނޫން: އިސްރާއީލް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްރާއިލް އޮތީ މަޝްވަރާ ކުރުމަށް ތައްޔާރަށް ކަމަށާއި ނަމަވެސް "މަޝްވަރާތަކުގައި އެއްބަސްވެފައިވާ އަގުތައް އަދާކުރެވެން ނެތް" ކަމަށް އިސްރާއިލްގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އެމެރިކާ މެދުވެރިއެއްގެ ރޯލް އަދާކުރާ ފަލަސްޠީނާއި އިސްރާއީލްގެ "ޞުލުޙައިގެ މަޝްވަރާތައް" މެދުކެނޑުމަށްފަހު އެކަމާބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މިހަފުތާގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނަތަންޔާހޫ ބުނީ ފަލަސްޠީނުން އަމިއްލަ ދައުލަތަކަށްވުމަށް އަޅަފައިވާ ފިޔަވަޅުތައް ފަހަތައް ޖައްސާނަމަ އިސްރާއީލުން ވާހަކަ ދައްކަން ތައްޔާރަށް އޮތްކަމަށާއި ފަލަސްޠީނު ދައުލަތަކަށް ވުމަށް ކުރާ މަސައްކަތް ބަލައި ނުގަނެވޭނެކަމަށެވެ.

"ޞުލުހައިގެ މޭޒު" ދަށަށް ދެޤައުމު ގެނައުމަށް އެމެރިކާގެ ސެކްޓުރީ އޮފް ސްޓޭޓު ޖޯން ކެރީ މަސއްކަތް ކުރައްވަމުން ގެންދަވާއިރު އިސްރައިލް އެއްބަސްވެފައިވާ ކަންކަން ފުރިހަމަ ނުކުރަނީސް މަޝްވަރާތައް އަލުންވަނީ ފެށޭގޮތް ނުވެފައެވެ.

ފަލަޞްޠީނުގެ އެފިޔަވަޅުތަކުގެ ސްބަބުން އަހަރެމެންނަކަށް ނެތް މަޝްވަރާތަކުގެ އަގު އަދާ ކުރެވޭކަށް. އެކަމަކު އަހަރެމެން މަޝްވަރާއަށް ތައްޔާރު" ނަތަންޔާހޫ ބުންޏެވެ.

މިދިޔަ ހަފުތާގައި ފަލަސްޠީނުންވަނީ އ.ދގެ ބައިނަލްޢަޤުވާމީ 15 މުއާހަދާއެއްގައި ސޮއިކޮށްފައެވެ.

ފަލަޞްޠީނުގެ ރައީސް ޑރ. މަހުމޫދު އައްބާސް އ.ދގެ ބައިނަލްޢަޤުވާމީ 15 ޤަރާރެއްގައި ސޮއިކުރީ މީގެ ނުވަ މަސްކުރިން އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކުރާ މަޝްވަރާގެ މޭޒުގައި އިސްރާއީލުން އެއްބަސްވެފައިވާ، އިސްރާއިލުގެ ޖަލުތަކުގައިވާ ފަލަސްޠީނުގެ 104 މީހަކު ދުކޮށްލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރުވެސް އެކަމަށް ޢަމަލްކޮށްފައި ނުވަތީއެވެ.

އިސްރާއީލުން އިޝަރާތްކުރާ މަޝްވަރާތަކުގެ އަގަކީ އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ 104 މީހުން ދޫކޮށްލުމަށެވެ. ނަމަވެސް މިމީހުން ދޫކޮށްލުމަށް އިސްރާއީލް ދެކޮޅުހަދައެވެ.

އިސްރާއީލުން ބުނަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްއަކީ އިސްރާއީލުގެ ސަރަހައްދުގެގޮތުގައި ޤަބޫލުކުރުމަށް ފަލަސްޠީނުން ދެކޮޅު ހަދާހިނދު އެ 104 މީހުން ދޫކޮށްލެވެން ނެތްކަމަށާއި އަދި ފަލަސްޠީނުން އެކަމަށް އެއްބަސް ނުވާހާހިނދަކު މަޝްވަރާތަކުގައި ބައިވެރިވެވެން ނެތްކަމަށެވެ.

"ޞުލުޙައިގެ ވާހަކަތައް" ދެއްކުމަށް އެމެރިކާއިން ކަނޑައަޅުއްވާފައިވާ މަންދޫބު މާޓިންގ އިންޑީކު އިއްޔެ ވިދާޅުވީ އިސްރާއީލް މަޝްވަރާގެ މޭޒު ދޮށަށް ގެނައުމަށް އިސްރާއިލުގެ އިސްފަރާތްތަކާ ބައްދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.