ތުރުކީގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ވެރިކަން ކުރާ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއިން ކާމިޔާބުކޮށްފިއެވެ.
74 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީގެ އިންތިޚާބުގެ ވޯޓުފޮށިތަކުގެ 97.67 އިންސަންތަ ގުނާ ނިމިފައިވާއިރު ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީ އުޅެނީ 45.55 އިންސައްތަ ކުރީގައެވެ. އެންމެގާތުން ވާދަކުރާ ރިޕަބްލިކަން ޕީޕަލްސް ޕާޓީއަށް ލިބިފައިވަނީ 27.91 އިންސައްތައެވެ.
ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއިން ވަނީ ތުރުކީގެ އެންމެ ބޮޑު ތިން ސިޓީގެ ގޮތުގައި ބެލެވޭ އަންކާރާއާއި އިސްތަންބޫލާއި އެނަޓާލިއާގެ އިންތިޚާބު ކާމިޔާބުކޮށްފައެވެ.
މިއިންތިޚާބުގައި ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއަށް ލިބުނު ކާމިޔާބު ސިފަކުރަމުން އެޕާޓީއިން ބުނެފައިވަނީ މިއިންތިޚާބުގެ ނަތީޖާއާއިއެކު ތުރުކީއަށް ސިޔާސީ ގޮތުން ހަމަޖެހުން އަންނާނެކަމަށާއި އަދި ތުރުކީގެ ކުރިއަރަމުން އަންނަ އިޤްތިޞާދު ކުރިއަށްވުރެ ހަލުވި ދުވެލީގައި ކުރިއެރައިގެންދާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...