މިދިޔަ ހަފުތާގައި ދުނިޔޭގެ މަޞްރަހުން އެންމެ ފާހަގަ ކުރެވުނު އެއް ޚަބަރަކީ "މިސްރުގެ ބަޣާވާތުގެ ލީޑަރު" ޢަބްދުލް ފައްޠާހު ސަޢީދު ޙުސައިން ޚަލީލު އައްސީސީ މިޞްރުގެ އަސްކަރިއްޔާގެ މަޤާމު ދުކޮށްލެވުމަށްފަހު ރިޔާސީ އިންތީޚާބަށް ނިކުންނެވުމަށް އިޢުލާން ކުރެއްވި ޚަބަރެވެ.
މިޚަބަރާއެކު ރާއްޖޭ "ރައްޔިތުންގެ ޓީވީ" ގޮތުގައި މަޝްހޫރުވެފައިވާ ޕަބްލިކް ބްރޮޑުކާސްޓާއިން މިދޔަ ހުކުރު އައްސީސީއަށް ތައުރީފުކޮށްފައިވާ ފޮނުވާފައިވާ ރިޕޯޓުގައި، މިޞްރުގެ ޙަޤީޤީ ހާލަތު ފޮރުވުމަށް މަސައްކަތްކޮށްފައިވާކަން ދޭހަވެއެވެ.
ސީސީއަކީ މިޞްރުގައި ޑރިމޮކުރެޓީކް އިންތިޚާބަކުން އިންތިޚާބުވި ރައީސް އަލްޙާފިޡު ޑރ. މުޙައްމަދު މުރުސީ ރިޔާސީ ގަނޑުވަރުގައި ހުންނަވަނިކޮށް ވަގަށް ނެގުމަށްފަހު މިޞްރުގެ އަސްކަރިއްޔާގެ ވަޒީރުކަމާއި، އަސްކަރީ ބާރުގެ އިސްކޮމާންޑަރުކަމާއި ހަވާލުވި ފަރާތެވެ. ޢަރަބި މީޑިއާތަކުންނާ މެދުއިރުމަތީގެ ސިޔާސީ އެނަލިސްޓުން ޖެނަރަލް އައްސީއަށް ނިސްބަތް ކުރަނީ "މިޞްރުގެ ޝިކާރަވެރިޔާ" ގެ ނަމުންނެވެ.
ސީސީގެ ދިފާއި ވަޒީރުކަމާއި ހަވާލުވުމަށްފަހު މީޞްރުގެ މަގުތަކަށް ނިކުމެ ޤަޠުލު އާންމު ހިންގައި އެތަށް ބަޔަކު މަރައި ޝަހީދުކޮށް މިޞްރުގެ މަގުތަކުގައި ލޭ އޮހޮރުވާފައިވެއެވެ. ސިލްސިލާކޮށް ހިންގި މިޤަޠުލު އާންމުގައި ސިސީގެ އަސްކަރީ ބާރުތަކުން މަރާލާފައިވަނީ ކިތަށް ކުށެއް ނެތްފުރާނަ ކަމެއް އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްޢަޤުވާމީ މިޝަންތަކަށާއި މިޞްރުގައި ޙަރަކާތްތެރިވާ ބައިނަލްޢާޤުވާމީ މީޑިއާތަކަށްވެސް ސާފެއް ނުވެއެވެ.
އަދި މިވަރަކުން ފުދުނީއެއް ނޫނެވެ. މުޒާހަރާ ކުރަމުންދިޔަ ފިރިހެނުން ހިމެނެ ގެތަކަށް މިޞްރުގެ އަސްކަރިއްޔާގެ ހަރުކަށި މީހުން ފޮނުވައި، މުޒާހަރާ ކުރަމުންދިޔަ މީހުންގެ އަނބިންނާ، އަންހެން ދަރން ރޭޕްކޮށް ތުއްތު ކުދިން މަރައި އެމައުސޫމު ހަށިތައް މަގުތަކަށް އުކާފައިވެއެވެ.
މުސްލިމު ބްރަދަރ ހުޑުން ޖެނަރަލް ޢަބްދުލް ފައްޠާހު ސިފަ ކުރަނީ ކުށެއް ނެތް އެތަށް ހާސް ބަޔަކު މަރާފައިވާ ޤާތިލެއްގ ގޮތުގައެވެ.
އޭނާގެ ދިފާއީ ވަޒީރުކަމުގައި މިޞްރަށް ހަމަޖެހުން ނުގެނެވުނު ލީޑަރަކަށް، މިޞްރުގެ ރައީސް ކަމުގެ މަޤާމަށް އާދެވުނަސް ހަމޖެހުން ނުގެނެވޭނެ ކަމަށް ދިނިޔޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ އެނަލިސްޓުން ވިދާޅުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...