ދުނިޔެ ބައްޝާރުގެ ސިފައިން ދިން ވައިގެ ހަމަލާތަކުގައި އެތައްބަޔަކު މަރުވެއްޖެ

ބައްޝާރުގެ ސިފައިން ދިން ވައިގެ ހަމަލާތަކުގައި އެތައްބަޔަކު މަރުވެއްޖެ

ބައްޝާރުގެ ސިފައިން ދިން ވައިގެ ހަމަލާތަކުގައި އެތައްބަޔަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސޫރިޔާގެ ރައީސް ބައްޝަރުލް އަސަދުގެ ސިފައިން ޙަލަބަށް ވައިގެ މަގުން "ބެރަލް ބޮން" އަޅަމުން ދިޔުމުގެ ސަބަބުން އެތައް ބަޔަކު މަރުވެއްޖެއެވެ.

"ބެރަލް ބޮމަކީ" ފީފާ ނުވަތަ ސިލިންޑަރު ކަހަލަ އެއްޗެއްގެ ތެރެއަށް ގޮވާތަކެތި އެޅުމަށްފަހު ވައިގެ މަގުން ހެލިކޮޕްޓަރ ފަދަ އުޅަނދުފަހަރު ބޭނުން ކޮށްގެން ދެވޭ ހަމަލާއެކެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ވަރަށް ބޮޑަށް ހަމަލާދެވޭ ފަރާތަށް ގެއްލުން ދެވެއެވެ.

މިގޮތަށް ވައިގެ މަގުން ހަމަލާ ދޭތާ މިހާރު 3ދުވަސް ވެފައިވާކަމަށް ސޫރިޔާގެ ކަންތައް ތައް ބެލުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ހާމަކުރެއެވެ. އަދި އެންމެ ފަހުން ދިން ހަމަލާތަކުގައި 16 މީހުން މަރުވެފައިވާކަމަށްވެސް އެ ފަރާތުން ހާމަކުރެއެވެ.

ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދުގެ އިތުރުން އެފަދަ ހަމަލާތަކުގައި ވޭތުވެދިޔަ ދެދުވަހު 120 މީހުން މަރުވެފައިވާކަމަށް އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ "ސީރިއަން އޮބްސަވޭޓަރީ ފޯ ހިއުމަން ރައިޓްސް" ޖަމާޢަތުން ހާމަކުރެއެވެ.

ފާއިތުވެދިޔަ ހަ ހަފްތާތެރޭ 700 އެއްހާ މީހުން "ބެރަލް ބޮމުގެ" ހަމަލާގައި މަރުވެފައިވާކަމަށް ނޫސްތަކުން ހާމަކުރެއެވެ. އާދިއްތަ ދުވަހުގެ ހަމަލާތަކުގައި "ބެރަލް ބޮމުގެ ރާޅެއް" ޠާރިގް އަލްބާބް އަވަށަށް އަރާފައިވާކަމަށް ނޫސްތަކުން ސިފަކުރެއެވެ. އެއަވަށުން 21 މީހުން މަރުވެފައިވާކަމަށާއި އޭގެތެރޭގައި 13 ކުޑަކުދިން ހިމެނޭކަމަށްވެސް ސީރިޔާގެ ހާލަތު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. އެހެން ހިސާބުތަކުގައި ވައިގެ ހަމަލާތަކުގައި 15 މީހުން މަރުވެފައިވާކަމަށް އެފަރާތްތަކުން ހާމަކުރެއެވެ. އަދި ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި 85 މީހުން މަރުވެފައިވާ ކަމަށްވެސް އެފަރާތްތަކުން ހާމަކުރެއެވެ.

ހުޅަނގުގެ ބާރުތަކުން ވަނީ ޑިސެމްބަރުމަހުގައި އދ ގެ ސަލާމަތާބެހޭ މަޖްލީހުން "ބެރަލް ބޮން" ބޭނުން ކުރުން މަނާކުރާ ގަރާރެއް ފާސްކުރުމަށްވެސް ހުށަހަޅާފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އެފަދަ ހަމަލާތައް އަމާޒުވުމުގައި ޢާންމުންނާއި އެހެން ފަރާތްތަކާއި ތަފާތުވުމެއް ނޯވެއެވެ. ނަމަވެސް ބައްޝާރަށް ތާޢީދު ކުރާ ރަޝިޔާއިން މިފަދަ ހުށަހެޅުންތައް ސަލާމަތީ މަޖްލީހުން ފާސްވިޔަކަ ނުދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.