ދިއިސްލާމް އިސްރާއިލްގެ ވައިގެ ހަމަލާގައި ޤާޒާއިން މީހަކާއި ކުޑަކުއްޖެއް ޒަޚަމްވެއްޖެ

އިސްރާއިލްގެ ވައިގެ ހަމަލާގައި ޤާޒާއިން މީހަކާއި ކުޑަކުއްޖެއް ޒަޚަމްވެއްޖެ

އިސްރާއިލްގެ ވައިގެ ހަމަލާގައި ޤާޒާއިން މީހަކާއި ކުޑަކުއްޖެއް ޒަޚަމްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާދިއްތަދުވަހު އިސްރާއިލްއިން ޤާޒާއަށްދިން ވައިގެ ހަމަލާގައި ޤާޒާއިން މީހަކާއި ކުޑަކުއްޖެއް ޒަޚަމްވެ އެކަކުގެ ހާލު ސީރިއަސް ކަމުގައި މީޑިޔާ ރިޕޯރޓްތައް ބުނެފިއެވެ.

ޤާޒާ އިމަރޖެންސީ ސާރވިސަސްގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ ހާމަކުރި ގޮތުގައި ޒަޚަމްވެގެން ހާލު ބޮޑުވެފައިވާ މީހަކީ އުމުރުން 22 އަހަރުގެ މީހެއްކަމަށާއި ވައިގެ ހަމަލާދިންވަގުތު އޭނާ ދިޔައީ ސައިކަލު ދުއްވަމުން ކަމަށެވެ. އަދި މިހަމަލާގައި ޒަޚަމްވި ކުޑަކުއްޖަކީ އުމުރުން 12 އަހަރުގެ ކުއްޖެއްކަމަށާއި މިހަމަލާގެ ސަބަބުން އެކުއްޖާގެ ބޮލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އަޝްރަފް އަލް ޤުދްރާ އިތުރަށް ހާމަކުރިއެވެ.

މިހަމަލާއާއި ގުޅިގެން އިސްރާއިލްގެ ސަލާމަތީ ބާރުތަކުން ހާމަކޮށްފައިވާނީ މިހަމަލާއަކީ އިސްލާމިކް ޖިހާދުގެ އިސްފަރާތަކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.